Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވިޔަފާރިކުރާ ފަރާތްތަކުން ފައިސާގެ މުޢާމަލާތްތައް ކުރަން ޖެހޭނީ ރުފިޔާއިންކަމަށް ކަނޑައަޅަނީ

ވިޔަފާރިކުރާ ފަރާތްތަކުން ފައިސާގެ މުޢާމަލާތްތައް ކުރަން ޖެހޭނީ ރުފިޔާއިންކަމަށް ކަނޑައަޅަނީ

ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއް ވެސް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ބޭރު ފައިސާގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް މިއީ ކުރަން ޖެހޭ ކަމެއް ކަމަށާއި ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު އުފެދި، ޑޮލަރުގެ ރޭޓްތައް އުފުލިގެން ދިޔުން ހުއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.ގަވަރުނަރު ވިދާޅުވީ ޕޭމަންޓް ސިސްޓަމާއެކު މިކަންތައްތައް ތަންފީޒް ވެގެންދާނެ ކަމަށެވެ.

“އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފަރ ކުރެވޭނީ ހަމައެކަނި ރުފިޔާއިން ކަމަށް ކަނޑައަޅާނަން، އެކްސްޗޭންޖަކަށް ކަނޑައަޅާނީ ރުފިޔާއިން ކަމަށް، ކާޑު ނިޒާމްގައި ވެސް ރާއްޖޭގެ އެކައުންޓެއް އަދި ރާއްޖޭގެ ރައްޔިތެއް ކަމުގައިވާ ނަމަ އެއް އެކައުންޓުން އަނެއް އެކައުންޓަށް މުއާމަލާތް ކުރުމަށް ދިވެހި ރުފިޔާ އޭ އެކްސްޗޭންޖަކަށް ވެސް ބޭނުން ކުރަން ޖެހޭނީ،" ގަވަނަރ ޙާޝިމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ގަވަރުނަރު އިތުރަށް ވިދާޅުވީ އިޤްތިސާދީގޮތުން ކުރާ އަސަރުތައް ކުޑަ ކުރުމަށް ޓަކައި، އެމްއެމްއޭ އިން މިފަދަ ކަންކަން ކުރަމުން ގެންދާނީ މަޑުމަޑުންނެވެ.

"އަޅުގަނޑުމެންގެ ރޯލްއައުޓް އިންނާނީ ވަރަށް މަޑުމަޑުން , އެއީ އިކޮނޮމިކް އިމްޕެކްސްޓްތައް ކުޑަ ކުރުމަށް ޓަކައި، ހުރިހާ އެއްޗެއް އެއްފަހަރާ ނުކުރުމަށާއި، އޭގެ ނޭދެވޭ އަސަރެއް ވެއްޖެޔާ، އެ އަސަރުތައް ހައްލުކުރުމުގެ ޖާގަ ދިނުމަށްޓަކައި، ލަސްލަހުން ކުރިއަށް މިގެންދަވަނީ،" ގަވަނަރ ހާޝިމް އިތުރަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް