ޚަބަރު

ކާނަލް ނަޝީދު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެއްޖިންސުން ގުޅުން ހިންގި ވީޑިއޯ އާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ، ކޯޓު އަމުރެއްގެ ދަށުންނެވެ.

މީސްމީޑިއާގައި ލީކްވި އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކާއި ގުޅިގެން މީހުން ހައްޔަރު ކުރުމުގެ މަސައްކަތެއް ފުލުުހުން ވަނީ ފަށާފައެވެ. މިގޮތުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރު ކުރަން ފުލުހުން ކޯޓު އަމުރު ހޯދާފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މި މައްސަލައިގައި ނަޝީދު ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ އެއްޖިންސުން ގުޅުން ނުހިންގާ ކަމަށާއި އޭނާ ވީޑިއޯގައި ފެންނަ ކޮޓަރިއަށް ދިޔައީ ބިޒްނަސް މީޓިންއަކަށް ކަމަށް ބުނެފައެވެ. އަދި އޭނާއަށް ބްލެކް މެއިލް ކުރި ކަމަށް ވަނީ ބުނެފައެވެ.

ކާނަލް ނަޝީދާއި އިތުރު ބައެއް ދިވެހިން އެއްޖިންސުން ގުޅުން ހިންގާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލްމަގިރި ނަމަކަށް ކިޔާ މީހަކާ އެކުގައެވެ. މި މީހާ 200އެއްހާ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!