ޚަބަރު

އިންޑިއާގެ ޕެރޭޑެއްގެ ޝަރަފުވެރިޔަކަށް ޗީފް އޮފް ޑިފެންސް ޝަމާލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ޗެންނާއީގައި ހުންނަ އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕާސިންގ އައުޓް ޕެރޭޑްގެ ރިވިއުވިންގ އޮފިސަރެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

Ads by STELCO

އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްގެ ދައުވަތަކަށް އެ ޤައުމަށް ވަޑައިގެން އުޅުއްވާ ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕަރަމެސްވަރަން ޑްރިލް ސްކެއަރގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އެކެޑެމީން އަލަށް އޮފިސަރުންގެ ގޮތުގައި ދަސްވެނިވާ ކެޑޭޓުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، މުސްތަޤުބަލަށް މިއަދު ބިނާކުރެވޭ އާ ޖީލުގެ އޮފިސަރުންނަށް މުޅިން ތަފާތު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި، އެ ކަންކަމަށް ހޭލުންތެރިވެ ތިބުމަށް އިލްތިމާސްކުރެއްވިއެވެ. އަދި އޮފިސަރުންގެ އަޚްލާޤާއި ސުލޫކީ މިންގަނޑަކީ އެންމެ އިސްކަން ދޭންޖެހޭނެ ކަންކަންކަމުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ދިވެހި ދެ އަންހެން ސިފައިން ވެސް ވަނީ އޮފިސަރ ޓްރެއިނިންގ ފުރިހަމަ ކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެ ދެ ސިފައިންގެ ބޭކަނބަލުންނާއި އެ ކަނބަލުންގެ ޢާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގައި މިހާރު ތަމްރީނު ހާސިލުކުރަމުންދާ ދިވެހި ކެޑޭޓުންނާ ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ads by HDC
  1. ދިވެހިދިދަ

    ތީމާމޮޅު ކަމަކަށް ހަދާ ވާހަކަ ނޫސްތަކުގައި ލިޔާވަރު ކަމެއްނޫން، އިންޑިޔާ އިން މިގައުމު ގަންނަނީ ދިވެހިންގެ ވެރިން ހައްދައިގެން. ތީމިސާލަކަށް ރާއްޖޭގެ ކޮންމެވެސް ރަށެއްގެ ކުޑަ ގެސްޓް ހައުސް އެއް އިފްތިތާހް ކުރަން އިންޑިޔާގެ ޓުރިސްމް މިނިސްޓަރަށް ދައުވަތު ދިނުންކަހަލަ ކަމެއް…

  2. ދިވެހިދިދަ

    ތީމާމޮޅު ކަމަކަށް ހަދާ ވާހަކަ ނޫސްތަކުގައި ލިޔާވަރު ކަމެއްނޫން، އިންޑިޔާ އިން މިގައުމު ގަންނަނީ ދިވެހިންގެ ވެރިން ހައްދައިގެން. ތީމިސާލަކަށް ރާއްޖޭގެ ކޮންމެވެސް ރަށެއްގެ ކުޑަ ގެސްޓް ހައުސް އެއް އިފްތިތާހް ކުރަން އިންޑިޔާގެ ޓުރިސްމް މިނިސްޓަރަށް ދައުވަތު ދިނުންކަހަލަ ކަމެއް… ނނނނ