ޚަބަރު

ތަފާތުވުންތަކާއި ބައިބައިވުންތައް ދޫކޮށް ދީނީ އިލްމުވެރިން އެއް ގަލަކަށް އަރާ ނަމޫނާ ދައްކަން ޖެހޭ: ނަޒީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ގޮންޖެހުން ކުރިމަތިވާކަމަށް އިހުސާސްކުރެވޭނަމަ އެކަމަށް އޮތް އެންމެ ހެޔޮ ފަރުވާއަކީ އެންމެން ގުޅިގެން އިސްލާހަށް މަސައްކަތްކުރުން ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލީ ނަޒީރު މިހެން ވިދާޅުވީ، ޔޯގާގެ މައްސަލައާއި އިތުރު ބައެއް އިޖްތިމާއީ މައްސަލަތަކުގައި ދީނީ އިލްުމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

"ތަފާތުތަކާއި ބައިބައިވުންތައް ދޫކޮށް ދީނީ ޢިލްމުވެރިން މިކަމުގައި އެއްގަލަކަށްއަރާ ނަމޫނާ ދައްކަންޖެހޭ." ނަޒީރު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ނަޒީރުވަނީ ވޭތުވެދިޔަ އަހަރުތަކުގައި ދީނީ މުހިންމު ކަންކަމުގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ އިސްނެންގެވުމާއެކު މުހިންމު މަސައްކަތްތަކެއްކުރެވި ކާމިޔާބީ ހޯދިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މާތް اللهގެ ވާގިފުޅާއެކު ޢަދާލަތު ޕާޓީ އާއި ޕާޓީގެ ޢިލްމުވެރިންގެ މަޖިލީސް ދެމިއޮންނާނީ އިސްލާމްދީނަށް ޚިދުމަތްކުރުމުގައި ކަމަށް ވިދާޅުވިއެވެ. އަދި އަދާލަތުން ހުރިހާ ދީނީ އިލްމުވެރިންނާއެކު، ސިޔާސީ ފިކުރަށް ބެލުމެއް ނެތި މަސައްކަތް ކުރައްވަން ތައްޔާރު ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ނަގަހައްޓާ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި، ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންނާއެކުވެސް އެބޭފުޅުންގެ ސިޔާސީ ފިކުރަށް ބެއްލެވުމެއްނެތި، ޢަދާލަތު ޕާޓީގެ ޢިލްމުވެރިން ގުޅިގެން މަސައްކަތްކުރައްވާނެ" ނަޒީރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުންވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ބުނެ ކަރުދާހެއް ނެރެފައެވެ. އޭގެ ފަހުން ރައީސް މައުމޫންވަނީ ޔޯގާ ހަރާމް ކުރެވޭފަދަ ދަލީލެއް ނެތް ކަމަށް ބުނެ ކަރުދާހެއް ނެރުއްވާފައެވެ. އެއާއެކު ދީނީ އިލްމުވެރިން ގެންދަވަނީ ޓްވިޓަރއާއި އެހެން ވެސް މަންސަ ތަކުގައި، މި މައްސަލައިގައި ނެރުއްވާފައިވާ ރައުޔުތަކަށް ފާޑު ވިދާޅުވަމުންނެވެ.

Ads by Ooredoo
  1. ވާނުވާ

    ހަތަރުއަހަރުވަންދެން އަތުގައ ބާރު އޮތްއިރު ތިޔަމީހުންނަށް ކުރެވޭނެ ކަމެއްދޯއެއީ؟ މިހާރު އޮޑިފަރަށް އަރައި ހާލުގައި ޖެހުނީމާ އެހެން މީހުންގާތު ތިކިޔަނީ އެއްބައިވާށޭ! ކުރިން ކީއްވެތަ އެހެން އެންމެންނާ އެއްބައިވެގެން ޤައުމަށް ކަމެއް ކޮއްދޭން ނޫޅުނީ؟ މިހާރުވެސް ދީނީ ޢިލްމުވެރިން އެތިބީ ބަންދުގައި.

  2. ހުރުވި

    އަދި ކިރިޔާތަ ތިހޭލެވުނީ ޤައުމަށް ހެޔޮއެދޭ ބައެއްކަން ދައްކަން އުޅެނި ކަމެއްނެތް. މަގާމާ ފައިސަށް ވިކިފައި އޮތް ޕާޓީއެއް. އަންނި އެކޭ ކޮންތަފާތެއްބާހުރި