ޚަބަރު

އިންޑިއާ-ރާއްޖެ ގުޅުން ވަރަށް މުހިންމު: ބޮޑުވަޒީރު މޯދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ރާއްޖެއާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ސުލްހައަށް ވަރަށް މުހިންމު ކަމެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

Ads by MWSC

މޯދީ މިހެން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިލަމާލޭ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވާ ދެއްވުމަށްފަހު މިއަދު އިންޑިއާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މޯދީ ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަމާލަތަކީ މުހިންމު ކަމެއް ކަމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްހައަށް ރާއްޖެއާއެކު ގާތް ގުޅުމެއް ބޭއްވުން މުހިންމު ކަމަށެވެ.

"ޓެރެރިޒަމާއި ޑްރަގް ޓްރެފިކިންއަކީ އިންޑިއާ ކަނޑުގައި ހިނގާ ސީރިޔަސް ކަންކަން. ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ" ރާއްޖެއާއެކު މިފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަން އިޝާރާތް ކުރައްވަމުން ހިންދީއިން ދެއްކެވި ވާހަކަފުޅުގައި ބޮޑު ވަޒީރު މޯދީ ވިދާޅުވިއެވެ.

ރައީސް ޞާލިޙްވަޏީ ޓެރެރިޒަމް ހުއްޓުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި އެކަމަށް އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

މޯދީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް ދިމާވާ ކޮންމެ ނުރައްކަލެއްގައި ފުރަތަމަ ދިފާއަށް ނިކުތް ޤައުމު ކަމަށާއި ކުރިޔަށް އޮތް ތާންގައިވެސް އެގޮތަށް ކަންތައް ވާނެ ކަމަށެވެ.

"އިންޑިއާއިން އަބަދުވެސް ސަރަހައްދީ ހަމަޖެހުމަށް އެދޭ. ރާއްޖެއަށް ދިމާވާ ކޮންމެ ނުރައްކަލެއްގެ ދިފާއުގައި ފުރަތަމަ ނިކުންނަ ޤައުމަކަށް އިންޑިއާވާނެ" މޯދީ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!