ޚަބަރު

އިންޑިއާ އައުޓް ކެންޕެއިނަކީ ޕްރޮޕެގެންޑާއެއް، އެއީ ދިވެހިންގެ ވިސްނުމެއް ނޫން: މުނޫ މަހާވަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ ކެންޕެއިނަކީ ޕްރޮޕެގެންޑާއެއް ކަމަށާއި އެއީ ދޮގު މައުލޫމާތު ފަތުރައިގެން ހިންގަމުން އަންނަ ކެންޕެއިނެއް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މުނޫ މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފްސީލް ހިއްސާ ކުރެއްވުމަށް މިއަދު އިންޑިއާގެ ނޫސްވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނިއު ޑެއްލީގައި މިއަދު އޮތް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ހިންގަމުން އަންނަ އިންޑިއާ އާ އިދިކޮޅު ކެންޕެއިންތަކާއި ގުޅޭ ގޮތުން ރައީސް ޞާލިޙާއި ބޮޑު ވަޒީރު މޯދީ މަޝްވަރާ ކުރައްވާފައިވޭތޯ ވަނީ ސުވާލު ކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބުގައި މުނޫ ވިދާޅުވީ، ރައީސް ޞާލިހާއި ބޮޑު ވަޒީރު މޯދީ މަޝްވަރާ ކުރައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގެ ގުޅުންތަކާއި ރީޖަނަލް، އަދި ބައިނަލްއަޤްވާމީ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ.

ނަމަވެސް ރައީސް ޞާލިޙް އިންޑިއާ ފަސްޓް ޕޮލިސީ އަބަދު ވެސް ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ދެއްވި ކަމަށާއި، ބޮޑު ވަޒީރު ވެސް ދިވެހިންނަށް ދިމާވާ ކޮންމެ ކަމެއްގައި ފުރަތަމަ އެހީތެރިވެ ވަޑައިގަންނަވާނެ ކަމަށާއި ނެއިބަރހުޑް ފަސްޓް ޕޮލިސީއަށް ވިދާޅުވި ކަން މުނޫ ފާހަގަ ކުރެއްވިއެވެ.

އިންޑިއާއާ ދެކޮޅު ކެންޕެއިންތަކާއި ގުޅޭ ގޮތުން މުނޫ ވިދާޅުވީ، އެފަދަ ކެންޕެއިންތަކަކީ ދޮގު މައުލޫމާތު ފަތުރައިގެން ހިންގާ ޕްރޮޕެގެންޑާއެއް ކަމަށެވެ. އަދި އެއީ އާއްމު ދިވެހިންގެ ވިސްނުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިންޑިއާއާއި ރާއްޖެއިން ވަނީ ހަ ދާއިރާއަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޑިޒާސްޓަރ މެނޭޖްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ބަޔާސް ކްރެޑިޓް އެގްރީމެންޓުގެ ދަށުން އިންޑިއާގެ އެގްޒިމް ބޭންކުން ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކޮށްފައިވެއެވެ.

Ads by Allied Insurance
  1. ހިޖުރަ

    މުނޫ މަހާވަރަށްތަ؟ ދިވެހިންގެ ވިސްނުން އެނގޭނީ އިންޑިޔާ މިލިޓަރީ އައުޓް

    • ޒަމާން

      އިންޑިޔާ މިލްޓެރީން އައުޓު މީއަހަރެންގެ ވިސްނުން

  2. މަރިޔަމް މޫސާ

    އަޅުވެތިކޮށް ނިންމައިފި. ސައިބަރ ސެކިޔުރިޓީއޭ؟ އެއީ ވޯޓުން ވައްކަންކުރާންވެގެން ގަންނަ ގަނޑެއް. އިންޑިއާ އައުޓް.

  3. މުހަންމަދު

    އަގަނާރުވާ މަޑުން ހުރިއްޔާ މާތާހިރުވާނެ، ކޮއްކޯ، އިންޑިޔާ އަކަށްވެސް ވަކި މާތްﷲ ރަސްކަންފުޅަށް ވުރެން ގަދަ އެއް ނުވެވޭނެ، އިރާދަކުރެއްވިއްވިއްޔާ ރައްޔިތުން ނުކުމެ ކަލޯމެން ބޭރު އަރުވާލާ ދުވަސް އޮތީ ވަރަށް ގާތުގަ…