ޚަބަރު

އޮޑިޓާ ޖެނެރަލްގެ އޮފީހަށް ޚާއްސަކޮށްގެން އިމާރާތެއް ހަދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އޮޑިޓާ ޖެނެރަލް އޮފީހަށް ޚާއްސަކޮށްގެން އިމާރާތެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުން. ފޮޓޯ: އެމްޓީސީސީ

އޮޑިޓާ ޖެނެރަލް އޮފީހަށް ޚާއްސަކޮށްގެން އިމާރާތެއް ތަރައްޤީކުރުމުގެ ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު މިއަދު ސޮއިކޮށްފިއެވެ.

Ads by MWSC

އޮޑިޓާ ޖެނެރަލް އޮފީހަށް ޚާއްސަކޮށްގެން އިމާރަތްކުރަނީ
6 ފަންގިފިލާގެ އިމާރާތެކެވެ.

އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސަސް، ނިޝްފާ ފިރާޤެވެ.

މި އިމާރާތަކީ، 40.426,17 އަކަ ފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 10.718,77 އަކަ ފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްޤީކުރެވޭ އިމާރާތެއްކަމަށް އެމްޓީސީސީން ބުންޏެވެ. އިމާރާތުގެ އުސްމިނުގައި 1.23 މީޓަރު ހުންނާނެކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މިއީ 67.138 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

  1. 23.1 މީޱަރު