ޚަބަރު

އިންޑިއާގެ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ 75 ވަނަ މިނިވަން ދުވަސް، ރާއްޖޭގައި ހުންނަ އިންޑިއާގެ އެންބަސީގައި ފާހަގަކޮށްފިއެވެ.

Ads by STELCO

ހުޅުމާލޭގައި އަލަށް ހުޅުވި އިންޑިއާގެ އެންބަސީގައި މިއަދު ވަނީ މިނިވަން ދުވަހާއި ގުޅިގެން ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރުގެ އިތުރުން، އެމްބަސީގެ އޮފިޝަލުންނާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު މުނޫ މަހާވަރު ވަނީ އެތަނަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ ވާހަކަފުޅުގައި މުނޫ މަހާވަރު ވަނީ އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން އަދާކުރާ ދައުރު ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ސަފީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިންޑިއާއެކު އޮތް ގުޅުން މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި ކުރިޔަށް އޮތްތަނުގައިވެސް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. ރާއްޖެއާއި، އިންޑިއާއާ ދެ ގައުމަކީ އިގްތިސާދީ، ތައުލީމީ އަދި ސަގާފީ ދާއިރާއިން ގާތް ގުޅުމެއް އުފެދިފައިވާ ބައެއްކަން ފާހަގަ ކުރައްވާ، މިމަހު ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުން ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔަކަން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ދެއްވި ޚިތާބު އިއްވަވާފައެވެ. ޚިތާބު އިއްވާފައިވަނީ ޑެޕިއުޓީ ހައި ކޮމިޝަނަރ ޕޫޖާ ޓިއްލޫއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ފަރާތުން އިންޑިއާގެ ގައުމީ ލަވަތައް ވެސް ވަނީ ހުށަހަޅާދީފައެވެ.

Ads by Allied Insurance
  1. ނާޅި

    14 އޯގަސްޓަކީ ޕާކިސްތާނުގެ މިނިވަންދުވަސް، ޕާކިސްތާން އުފެދުނުތާ 75 އަހަރުމިވީ .
    ޕާކިސްތާނު އުފެދުނީ މުސްލިމުންގެ ހިލާފަތު ވެއްޓުނުތާ އަހަރުތަކެއްފަހުން،
    މުސްލިމުންގެ ހިލާފަތު ވެއްޓި މުސްލިމުން ކުދި ޤައުމުތަކާއި ޖަމާޢަތެއްގެ ގޮތުގައި މުސްލިމުންގެ ޢިމާމަކު ހަލީފާއަކު ނެތި އިގިރޭސިންގެ އަޅުވެތި ކަމުގެ ދަށުގައި މިފަދަ އިގިރޭސިންގެ އެޖެންޓުންލައިގެން ހަމަ މިހެން އުޅެންވީތޯ ؟

  2. ާއާލިޔާ

    މި އަބަދުވެސް ކުރަމުން އަންނަ ކަމެއް..ނޫސްވެރިން އަޕްޑޭޓް ނުވަނީތަ؟ ނޫނީ ފިތުނަ އުފައްދަން ބޭނުން ވަނީތަ