Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގޭސް ފުޅިއެއް ގޮވައި, ހިނގި ހާދިސާގައި އަނިޔާ ލިބުނު އަންހެންމީހާ ނިޔާވެއްޖެ

ގޭސް ފުޅިއެއް ގޮވައި, ހިނގި ހާދިސާގައި އަނިޔާ ލިބުނު އަންހެންމީހާ ނިޔާވެއްޖެ

ގދ.ރަތަފަންދޫގައި ގޭސް ފުޅިއެއް ގޮވައި, ހިނގި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ރަތަފަންދޫ ޢުމުރުން 53 އަހަރުގެ އާމިނަތު ޢަބްދުލްޙަމީދެވެ.

ގޭސް ފުޅި ގޮވުމުގެ ހާދިސާ ހިނގީ ގޭސް ފުޅިން ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި ހުޅު ހިފައިގެންނެވެ.

Advertisement
Allied — Dhen Online (box)

އެ ހާދިސާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ފުރަތަމަ އޭނާއަށް ފަރުވާދިނީ ރަށު ސިއްހީ މަރުކަޒުންނެވެ. ހަމަ އެ ދުވަހު އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފެށިއެވެ. އެ ގޮތުން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ %50 އަށްވުރެ ބޮޑު ބައެއް ފިހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް