މަސް މާރުކޭޓު މަތީގައި ''ހަކުރު ބޯތީ'' އެ ތަން ބަންދުކުރަން ނިންމައިފި

މާލެ މަސް މާރުކޭޓު މަތީގައި މަސްތުވާތަކެތި ބޭނުންކުރަމުންދާތީ, އެ ތަން ބަންދުކުރަން ނިންމައިފިއެވެ.
މަސް މާރުކޭޓް މަތީގައި ގިނަ ބަޔަކު ވަރަށް ހަމަޖެހިލައިގެން އެއްވެސް ބިރެއް ނެތި ތިބެ މަސްތުވާތަކެތި ބޭނުންކުރަން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ޢާންމުވެފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މަސް މާރުކޭޓު މަތީގައި މަސްތުވާތަކެތި ބޭނުންކުރަމުންދާތީ, އެ ތަން ބަންދުކުރަން މިއަދު ނިންމާފައިވާ ކަމަށެވެ.
''މާލެ މަސްމާރުކޭޓު މަތީގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް މަސްތުވާތަކެތި ބޭނުންކުރަމުންދާތީ މާލެ ސިޓީ ކައުންސިލުން ޕޮލިސް ކޮންސްޓިބިއުލަރީއާއި އަދި ޑްރަގް އެންފޯސްމަންޓް ޔުނިޓާއި ގުޅިގެން އެ ތަން ބަންދު ކުރަން މިއަދު ވަނީ ނިންމާފައި.'' މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މި ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއްކަމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުންކަމަށް ބުނި ނަމަވެސް, އެ މައްސަލައަށް ކުޑަ ވެސް ހައްލެއް ނުވަތަ އެދެވޭ ނަތީޖާއެއް ހޯދިފައެއް ނުވެއެވެ.
ގާނޫނާ އެއްގޮތަށް މަސްތުވާ ތަކެތި ބޭނުން ކުރެވޭތޯ ދިވެހިރާއްޖޭގެ މާލެ ތެރެ އެއްވެސް ތަނެއްގަ؟