ޚަބަރު

އިންޑިއަން ހައި ކޮމިޝަނަރު ފުވައްމުލަކަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ޏ. ފުވައްމުލަކަށް ދަތުރުފުޅެއް ކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ދަތުރުފުޅުގައި މުނޫ މަހާވަރު ވަނީ އިންޑިއާގެ އެހީގައި އެ ރަށުގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ބައްލަވާ ލައްވާފައެވެ. މިގޮތުން އިންޑިއާގެ ހިލޭ އެހީގެ ދަށުން އެރަށު ހާފިޒް ސްކޫލުގައި ހިންގަމުން އަންނަ އިންކްލޫޝަން އެޑިއުކޭޝަން ސަޕޯޓް ޔުނިޓްގެ މަސައްކަތް ބައްލަވާ ލެއްވިއެވެ. އަދި އެރަށުގެ 4 ރަށަކަށް ފޮތް ވަނީ ހަދިޔާ ކުރައްވާފައެވެ.

މުނޫ މަހާވަރުގެ މި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ކައުންސިލާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އެރަށުގައި އުޅޭ އިންޑިއާގެ ޓީޗަރުންނާއި ނަރުހުންނާ ބައްދަލު ކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ތާރީޚީ ބައެއް ބިނާތަކަށާއި އައްޑޫ ޗަސްބިން ސަރަހައްދު ވެސް ވަނީ ބައްލަވާލައްވާފައެވެ.

Ads by HDC
  1. މީ ޑިޕޮލެމޭޓެއްތަ ނޫނީ ރިސޯޓް މެނޭޖަރެއްތަ !