ޚަބަރު

އަހަރުމެން މިތިބެނީ ނިދާފަހެއްޔެވެ ؟

މުބީން ޢަލީ ، ދެން އޮންލައިން

އަބުލް ޙަސަން އައްނަދުވީ الطريق إلى المدينة ގައި ގެންނަވާފައިވާ ވާހަކައެއްގައިވެއެވެ.

Ads by STELCO

އިންޑިޔާގައި އުޅުނު ގަދަޔަށް ރާބުއިމަށް ދެވިހިފާއިވާ މުސްއްލިމު ޅެންވެރިއެކެވެ. ނަމަކީ އަޚްތަރު ޝީރާނީއެވެ. އޭނާ ރާބޮއެ އޭގެ މަސްތު ބޮލަށް އެރުމުން، ގާތުގައި އުޅޭ ވިޔާނުދާ ޒުވާނުންތައް އޭނާ ލައްވާ މީހުންނަށް ފާޙިޝް ހަޑި ހުތުރުބަހުން ޅެން ހަދުވައެވެ. އެމީހާ ރަނގަޅަށް މަސްތުވެ އަމަލުވުމުން، އެވެނި މިވެނި މީހާއާއި މެދު ތިބާ ދެކެނީ ކިހިނެއްތޯ އެމީހުން ސުވާލުކުރެއެވެ. ދެން އޭނާ ހަޑިހުތުރު ބަހުން އެމީހަކަށް އެއްޗެހި ގޮވައި ޅެން ހަދައެވެ. މިއީ މާ މަޖާކަމަކަށް ހަދައިގެން، އެތަނުގައިވާ އެއްމެން ހީހީފާ މަޖާނަގައި، ސަކަރާތްޖަހައެވެ.

އެއްދުވަހަކު މީނާ ބިއްލޫރި ތަށްޓަކަށް ރާއަޅައިގެން ރާ ބޮމުންދިޔައެވެ. ދެން  އާދައިގެ މަތިން ރަލުގެ މަސްތު ބޮލަށް އެރުމާއި އެކު އެއްކަލަ ޒުވާނުންތައް ސުވާލުކޮށްފިއެވެ. މުހައްމަދު އާއި މެދު ތިބާ  ދެކެނީ ކިހިނެއްހެއްޔެވެ ؟ ރަލުގެ މަސްތު ބޮލުތެރޭގައި ހުރެމެ، އޭނާ އެވަގުތު ރުޅިއައިސް ރަތްވިއެވެ. މީހާ ތުރުތުރުއަޅަންފެށިއެވެ. އަދި އަތުގައިވާ ބިއްލޫރި ތަށި އެ ނުލަފާ ޒުވާނާގެ ބޮލަށް ތަޅާލިއެވެ. އަދި ބުންޏެވެ. "މީނދަ ލަދެއްހަޔާތެއް، ގޮތެއްފޮތެއް، ހަމެއްލަމައެއްނެތް، ގޮތްކުޑަ ލުއްޗާއެވެ. ކަލޭ ތިޔަ ސުވާލު ތިކުރީ އެމީހެއްގެ އަބާއްޖަވެރިކަމަށް އިޢްތިރާފްވާ ފާފަވެރި ނަފްސަކަށެވެ. ފާސިޤެއްގެ ކިބައިން ކަލޭ އަޑުއަހަން އެދެނީ ކޯންޗެއް ހެއްޔެވެ ؟ މިވާހަކަ ދައްކަމުންދިޔައިރު އޭނާ ރުޅިއައިސް ތުރުތުރުއަޅަމުންދިޔައެވެ. އަދި ލޮލުން ކަރުނައަޅަމުން، ގިސްލަމުންދިޔައެވެ. މުޅިމީހާ ރޫޅެމުން ދިޔައެވެ. އެ ނުލަފާ މީހާ ކައިރިއަށް ގޮސް އިންތިހާއަށް ރުޅިވެރިކަމާއިއެކު ހެއްދެވިނުހެއްދެވި ގޮވަމުންދިޔައެވެ.

"ލަދެއް ޙަޔާތެއް،  ނެތި އެ ބަރަކާތްތެރި އިސްމުފުޅު ކަލޭގެ ތިޔަ ނުބައި ދުލަށް ގެނައީ ކިހިނެތް ހެއްޔެވެ؟ ކަލޭގެ ޣީރަތްތެރިކަމެއްނެތް ނަފްސު އެކަމަށް ގޮވާލީ ކިހިނެއްހެއްޔެވެ؟ ކަލެއަށް އެތައް ހާސްވާހަކައެއް ދެއްކެން އޮތް އިރު އެ މާތް ނަންފުޅުގެ ވާހަކައިން ތިޔަ ފެށީ ކީއްވެގެންހެއްޔެވެ؟ ކަލޭ ގެތިޔަ ލަދު ކުޑަ ސުވާލަށް ﷲގެ ހަޟްރަތުގައި ތައުބާވާށެވެ. އަހަރެންނަށް ކަލޭމެންގެ އެތެރޭގައިވާ މުޑުދާރުކަން އެނގިއްޖެއެވެ.

ދެން އެތަނުން އެ އެއްމެން ފައްސާލުމަށް ފަހު މުޅި ރޭ ރުއިމުގައި އޭނާ ހޭދަކުރިއެވެ. އަދި ކިޔަމުން ދިޔައެވެ. އެ މުލްހިދުން އެ  އެދުނީ އަހަރެން   އެ އިއްޒަތްތެރި ކަމަކަށާއި، ލޯތްބަކަށާއި، އިޚްލާސްތެރި ކަމެއްގެ މައްޗަށް  ދިރިއުޅުނު އެއްމެ ފަހު ލޯތްބާއި  ޢިއްޒަތްތެރިކަން ވެސް ފޭރިގަތުމަށެވެ.  އާނއެކެވެ. އަހަރެން ވެސް މިއީ ފާފަވެރިއެކެވެ. މިއަކު ޝައްކެއްނެތެވެ. ނަމަވެސް އެމީހުން އެދެނީ އަހަރުމެންގެ ކަރުތަކުން އިސްލާމްކަމުގެ ގިލަފަތިތައް ނެގުމަށެވެ. އަދި އަހަރެމެން އީމާންކަމުގެ ދާއިރާއިން ބޭރުކޮށްލުމަށެވެ. ނަމަވެސް ﷲ ގަންދީބުނަމެވެ އެކަމަކާއި އަހުރެން ނުރުހެމެވެ.

-ޑރ. އިޔާދު ޤުނައިބީ-

އިސްވެ ބަޔާން މި ކުރެވުނީ، ރާބޮއެ އަމަލުވެގެން، އޭގެ މަސްތުގައި ހޭބުއްދިފިލައި ގޮސްފައިވާ މީހަކު، މާތް ނަބިއްޔާ ﷺ ގެ އަބުރުފުޅަށްޓަކައި ހޭއެރިގޮތުގެ ވާހަކައެވެ. މިއަދު އަހަރުމެން ދިވެހިންގެ ހާލާއިމެދު އަހަރެން އަޖައިބުވަމެވެ. އަހަރަމެންނަށް މިތިބީ ކޮންއެއްޗެއް ކެވިފައި ހެއްޔެވެ ؟ ކޮންއެއްޗެއް ބޮވިފައިހެއްޔެވެ ؟ ނުވަތަ ކޮންކަހަލަ މަސްތެއްގައި އަމަލުވެފައިހެއްޔެވެ ؟ މުސްލިމުނެގެ ގޮތުގައި ތިބެގެން، އެ މާތް ﷺ ނަބިއްޔާ އަށް ބަދުބަސްބުނަމުން ދާއިރު، އަހަރުމެންގެ ދޫތައް ކޮބައިހެއްޔެވެ ؟ އަހަރުމެންގެ ހިތްތައް ކޮބައިހެއްޔެވެ ؟

ނަބިއްޔާ ﷺ އަށް ބަދުބަސްބުނަމުންދިޔަ މީހާއަށް އަދަބު ދިނުމަށް އެއްމެ ކުޑަމިނުން އިޙްތިޖާޖެއްވެސް ނުކޮށް މިތިބީ ޙިމާރުންތަކެއް ފަދައިން ޣާފިލުކަމުގެ ނިދިން ނިދާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!