Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިޙަކީ ރަސޫލެއްކަމަށް މީނާ ބުނެފާނެކަމުގެ ބިރު އެބައޮތް: ޢަލީ ރަމީޒް

ރައީސް ޞާލިޙަކީ ރަސޫލެއްކަމަށް މީނާ ބުނެފާނެކަމުގެ ބިރު އެބައޮތް: ޢަލީ ރަމީޒް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރަސޫލެއްކަމަށް, ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެދާނެކަމުގެ ބިރު އެބައޮތްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު މިއަދު ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒު މިހެން ވިދާޅުވީ އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ސިފަތައް ރައީސް ޞާލިޙްގެ ވެރިކަމުން ފެންނަކަމަށް އިމްރާން ވިދާޅުވުމާ ގުޅިގެން ދީނީ ޢިލްމުވެރިންނާއި, ޢާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ލ.ގަމުގައި މިހާރު ކުރިއަށްދާ ވިޔަވަތި ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިމްރާން ވަނީ އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތާއި މާނަ ވިދާޅުވެ މި ވެރިކަމަށް ތަޢުރީފް ކުރައްވައިފައެވެ. އިމްރާން ދެއްކެވި ވާހަކައިގައި ދެން ވިދާޅުވީ ހެޔޮ ވެރިކަމެއްގައި ހުންނަންޖެހޭ ސިފަތަކަކީ އެ އާޔަތުގައި ބަޔާންކުރައްވާފައިވާ ސިފަތައް ކަމަށެވެ. އަދި ރައްޔިތުންނާމެދު އޮންނަންޖެހޭ އޯގާވެރިކަން, ރައްޔިތުންނާމެދު އޮންނަންޖެހޭ ގާތްކަން, މިއަދުގެ މި ވެރިކަމުންއެންމެ ރީތި, ފުރިހަމަ ގޮތުގައި ފެންނަމުންދާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެ ގޮތުން ޢަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަކީ ރަސޫލެއްކަމަށް އިމްރާން ވިދާޅުވެދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

''ރައީސް އިބްރާހިމަކީ ރަސޫލެއްކަމަށް މީނާ ބުނެފާނެކަމުގެ ބިރު އަޅުގަނޑުގެ އެބައޮތް މިހާރު.''

ރަސޫލާގެ ވެރިކަމުގެ ސިފަތަކާއި ރައީސް ޞާލިޙްގެ ވެރިކަމުގެ ސިފަތައް އެއްފަދަކަމަށް ވިދާޅުވެ އިމްރާން ވާހަކަދައްކަވާފައިވާއިރު, ޢަދާލަތު ޕާޓީއަށް ނިސްބަތްވާ އައްޝައިޚް އިލްޔާސް ޙުސައިން ވަނީ ރައީސް ޞާލިޙަކީ ރަސޫލާ ދުޢާ ދެއްވާފައިވާފަދަ ވެރިއެއްކަމަށް ވެސް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް