ޚަބަރު

ވިއަވަތީގެ ފުރަތަމަ ހައްލު: ލޭންޑް ޔޫސް ޕްލޭންތައް ބައިބަޔަށް ފާސްކޮށްދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވިއަވަތި ކޮންފަރެންސްގައި މިނިސްޓަރ އޮފް ޕްލޭނިން އަސްލަމް ބައިވެރިވެ ވަޑައިގަންނަވަނީ

ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ލޭންޑު ޔޫސް ޕްލޭންތައް ފާސްނުވި ނަމަވެސް، ވަގުތީ ހުއްދައެއް ދެއްވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަސްލަމް މިހެން ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭންތައް ފާސްނުވެ އޮތުން ތަރައްޤީއަށް ހުރަސްހެޅޭތީ އެކަމާގުޅޭ ގޮތުން، މިހާރު ލ. ގަމުގައި ކުރިޔަށްދާ ވިއަވަތި ކޮންފަރެންސްގައި ކައުންސިލަރުން ކަންބޮޑުވުން ފާޅު ކުރުމުންނެވެ. މިގޮތުން ކުދިކުދި މައްސަލަތަކާއި ގުޅިގެންވެސް ލޭންޑް ޔޫސް ޕްލޭންތަކަށް ހުއްދަ ނުލިބޭކަމުގެ ކަންބޮޑުވުން ކައުންސިލަރުން ވަނީ ފާޅުކުރައްވާފައެވެ.

ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވާ އަސްލަމް ވަނީ ޕްލޭނާ ގުޅޭ ގޮތުން އޮތް ދަތިތައް ހައްލު ކުރުމަށްޓަކައި ވަގުތީ ހުއްދައެއް، ޕްލޭން ނިމޭ ވަރަކަށް ދެއްވަން ގަސްދުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މިގޮތަށް އަސްލަމް ވިދާޅުވީ، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވަނީ މުޅި ލޭންޑް ޔޫސް ޕްލޭން ފާސް ނުކުރެވުނުނަމަވެސް، ވަގުތީ ހުއްދައެއް ނުވަތަ މަޝްރޫޢުތައް ހިންގުމުގެ ހުއްދައެއް ދެއްވަން ފެނިވަޑައިގަންނަވާކަމަށް ހުށަހެޅުއްވުމުންނެވެ..

އަސްލަމް އިތުރަށް ވިދާޅުވީ، ބައެއް ލޭންޑް ޔޫސް ޕްލޭންތަކުގައި ކުދި މައްސަލަތައް ހުންނަކަމަށާއި އެއީ ކުޑަ ކަމެއް އިސްލާހު ކޮށްލައިގެން ވެސް މުޅި ޕްލޭން ފާށސްކުރެވިދާނެފަދަ ލޭންޑު ޔޫސް ޕްލޭންތަކެއްކަމަށެވެ.

މިހާތަނަށް 68 ރަށެއްގެ ކައުންސިލަކުން ލޭންޑު ޔޫސް ޕްލޭން ހުށައަޅާފައިވާކަމަށާއި، އޭގެ ތެރެއިން 19 ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފައިވާކަމަށެ އެލްޖީއޭއިން ވަނީ ހާމަކޮށްފައެވެ. ދ އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކުގެ ކައުންސިލުން މި ކޮންފަރެންސްގައި ބައިވެރިވާއިރު، އެ 7 އަތޮޅުން ލޭންޑް ޔޫސް ފާސްވެފައިވަނީ އެންމެ 4 ރަށެއްގެއެވެ.

Ads by Ooredoo
  1. އޭބީ

    ލޭންޑް ޔޫސް ޕްލޭން ތޖިގޮތައް ގޯތި ދޭންވީމަ މީގެކުރިންވެސް ފާސްކުރޭ ބުނރބްލަ ނުވިއޭ.