ޚަބަރު

އިންޑިއާ ރާއްޖެ ގުޅުމަކީ މުޅި ސަރަހައްދަށް މިސާލެއް: މުނޫ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއާއި ދިވެހި ރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުމަކީ މުޅި މި ސަރަހައްދަށް ވެސް މިސާލެއް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މުނޫ މަހާވަރު މިހެން ވިދާޅުވެފައިވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޑިވެލޮޕްމެންޓް މަޝްރޫއުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުުގައެވެ.

މުނޫ މަހާވަރު ވިދާޅުވީ، "އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުންވަނީ ރައީސް އިބްރާހީމް ޞާލިޙް  އާއި  ބޮޑުވަޒީރު  ނަރެންދްރަ  މޯދީގެ ޒައާމަތުގައި ފާއިތުވި 4 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް  ކުރިއަރައިފައި ކަމަށެވެ.

" މި ގުޅުމަކީ މުޅި މި ސަރަޙައްދުގައި މިސާލެއްކަމުގައި މިއަދު ވަނީ ވެފަ." މުނޫ މަހާވަރު ވިދާޅުވީ ތަރައްޤީގެ މިފަދަ މަޝްރޫއުތަކުން ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ.

"މި  މަޝްރޫޢު  ރަމްޒުކޮށްދެނީ  އިންޑިއާ  ސަރުކާރުން  ދިވެހި  ސަރުކާރުގެ ސަރަޙައްދީ  އުމްރާނީ ތަރައްޤީގެ  މަސައްކަތައް ދެއްވާ  އެއްބާރުލުން"

ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ ކްރެޑިޓް ލައިންގެ ދަށުން ހިންގަމުން އަންނަ މަޝްރޫއުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. އެއީ 136.6 މިލިއަން ޑޮލަރަށެވެ.

މުނޫ މަހާވަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ ވަރަށް ފުޅާ  ގުޅުމެއް ކަމަށެވެ.  އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުން އަންނަ  ބޮޑެތި އުމްރާނީ މަޝްރޫޢުތަކާއި، ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް މަޝްރޫޢުތަކާއި އެކި ދާއިރާއަކުން ތަމްރީން އަދި  ޤާބިލްކަން  އިތުރުކުރުމުގެ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.

"މިފަދަ ތަރައްޤީގެ މަސައްކަތްތަކުގެ ފަހަތުގައި ވަނީ ރައްޔިތުންގެ ކުރިއެރުން." މުނޫ މަހާވަރު ވިދާޅުވިއެވެ.

Ads by Ooredoo
  1. އިގިރޭސިން އޭޝިޔާ އިސްތިޢުމާރު ކުރަން ބޭނުން ކުރަނީ އިންޑިޔާ އާއި އިންޑީޔާގައި އޮންނަ އިގިރޭސިންގެ އީސްޓް އިންޑިޔަން ކޮމްޕެނީ ނުންތޯ ؟