ޚަބަރު

ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްމޯޓަމް ހަދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހުޅުމާލޭ ނިރޮޅު މަގު ވޯޓާ ތީމް ޕާކް ކުރިމަތީގަ އޮތް ހުސްބިމުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ނިންމައިފިއެވެ.

Ads by MWSC

މިދިޔަ މަހުގެ 18 އިން ފެށިގެން ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ ހ.ބޮނޑިކަނދޮޅުގެ މުޙައްމަދު އަޒުހާން, 27, ގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ތަޙްޤީޤުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ފެނިފައިވަނީ މިއަދު 17:45 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން މިރޭ އެ ސަރަހައްދުގައި ބޭއްވި ޕްރެސްއެއްގައި ބުނީ ހަށިގަނޑު އޮތީ ''ހައިލީ ޑިކޮމްޕޯސް ސްޓޭޖެއްގައި'' ކަމަށެވެ. އަދި ''މިހާތަނަށް ލިބިފައި ހުރި މަޢުލޫމާތުތަކަށް ބަލާއިރު އެ ބޮޑީއަކީ މުޙައްމަދު އަޒުހާންގެ ބޮޑީއަށްވުމުގެ ފުރުސަތު ބޮޑު'' ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހަށިގަނޑު ކުނިވެފައިވާތީ ޒަޚަމްތަކެއް ހުރިކަމަށް ބުނަން އަދި ދަތިކަމަށެވެ. އެ މަޢުލޫމާތު ޔަގީން ކުރެވޭނީ ޕޯސްޓް މޯޓަމް ހެދުމުން ކަމަށާއި ޕޯސްޓް މޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!