ޚަބަރު

ގަން އެއަރޕޯޓް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން މަރުޙަލާ މިއަދު ފަށައިފިއެވެ.

Ads by Hajj Corporation

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރާއިރު އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް އެ އެއަރޕޯޓުން ހިދުމަތް ދެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ޝޮޕިން، ޑައިނިން، ލައުންޖް، ކާގޯ، އޭއާރްއެފްއެފް އަދި އެހެނިހެން ފެސިލިޓީތައް ވެސް ތަރައްގީ ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ސަބަބުން ދެކުނުގެ މަސްވެރިކަމާއި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން ވަޒީފާ އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ގަން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްގެ ވަޢުދުފުޅެކެވެ. ގަން އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ޕްރީ ކޮލިފިކޭޝަން މަސައްކަތް އެގްޒިމް ބޭންކުން ފަށާފައިވަނީ މޭއި މަހުގެ ތެރޭގައެވެ.

  1. ރިޔާސީ ވޯޓް ލުން ކައިރިވާތީ ސަޕޯޓް ހޯދަން ކުރާކަމެއްތޯ ؟

  2. މުހަންމަދު

    ކޮންބީލަމެއް ނީލަމެކޭ ކިޔާކަސް..އިންޑިޔާ މީހުންނަށް އަވަހަށްދީ…

  3. ރިޔާސީ އިންތިހާބު ކައިރިވާތީ ރީތި ސުރުހީ އަޅާލީ ދޯ !