މި ސަރުކާރަކީ ރަތަފަންދޫ ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރުވި ސަރުކާރެއް: ސައުދު
މި ސަރުކާރަކީ ގދ. ރަތަފަންދޫ ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރުވި ސަރުކާރެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރާ އެކީ ރަތަފަންދޫ ރައްޔިތުންނަށް އަމިއްލަ ފައިމައްޗަށް ތެދުވާން އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށެވެ. އަދި އެ ރަށުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެދެއްވި ހުރިހާ ވައުދެއް ފުއްދަމުންދާ ކަމަށް ސައުދު ވިދާޅުވިއެެވެ.
“ގދ. ރަތަފަންދޫއަށް ރައީސް ޞާލިހް ވިދާޅުވި ހުރިހާ ވަޢުދެއް ރަނުން ރަނަށް. މިއީ ރަތަފަންދޫ ރައްޔިތުންނަށް އުފާވެރިކަން ގެނުވި ސަރުކާރެއް. މިރަށުގެ ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރުވި ސަރުކާރެއް. މި ސަރުކާރާއެކީ ރަށުގެ ރައްޔިތުންނަން ފައިމައްޗަށް ތެދުވާން އިތުރު ހިތްވަރެއް ލިބިގެން ދިޔަ” ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރާއެކީ ރަށުގަ ތިބެގެން ދިރިއުޅުން އާ ހަރުފަތަކަށް ގެންދަން ފުރުސަތުތަކެއް ހުޅުވެމުންދާ ކަމަށާއި ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދުމުގައި ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދިން އެއްބާރުލުމާ އެހީތެރިކަން ފާހަގަކޮށް ސައުދު ވަނީ ޝުކުރުއަދާކޮށްފައެވެ.