އައްސޭރި ޖަލުން ފިލަން އުޅުނު ދެ ގައިދީން އަތުލައިގެންފި

ހިންމަފުށީގައި ހިންގާ އައްސޭރި ޖަލުން ފިލަން މަސައްކަތް ކުރި ދެ ގައިދީއަކު ހިފަހައްޓައިފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ މިރޭ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީއަކު ހިފަހައްޓާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާދިޔަ ގޮތް މިހާރު ބަލަމުންދާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި މިކަން އިތުރަށް ތަކުރާރުނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅު އެޅިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ހާދިސާ ހިގާ ދިޔަ ގޮތް މިދަނީ ބަލަމުން. އަދި މިކަން އިތުރަށް ތަކުރާރު ނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅު އެޅިގެންދާނެ،" ސީޕީ ވިދާޅުވެފައިވެއެވެ.
މާފުށި ޖަލާއި ހިންމަފުށި ޖަލުން މީގެކުރިންވެސް ގައިދީން ފިލާފައިވެއެވެ. ނަމަވެސް އެ މީހުން އަބަދު ވެސް ހިފައެވެ.