Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑރ. އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި ގުރުއާން މުބާރާތެއް

ޑރ. އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި ގުރުއާން މުބާރާތެއް

އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ އަދި ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރު ކައުންސިލުން އިސްނަގައިގެން ޤުރްއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އުނގޫފާރު ކައުންސިލްގެ މެމްބަރު މުހައްމަދު މުނީޒް “ދެން”އަށް މަޢުލޫމާތު ދެމުން ވިދާޅުވީ އެ ގުރުއާން މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ  މަހުގެ ތެރޭގައި ކަމަށެވެ. އަދި މި މުބާރާތާ ގުޅޭ ފުރިހަމަ މަޢުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް މުނީޒް ވިދާޅުވިއެވެ. “އަޅުގަނޑުމެން ނިންމާފަ ވާނީ ޑރ. އަފްރާޝީމްގެ ހަނދާނުގަ ޤުރުއާން މުބާރާތެއް ބޭއްވުމަށް. މުބާރާތުގެ ތައްޔާރީތައް މިހާރު ކުރަމުން ދަނީ. ވަރަށް އަވަހަށް ހިއްސާކޮށްލެވޭނެ މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު” މުނީޒް ވިދާޅުވިއެވެ. ޑރ. އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި މީގެ ކުރިން އިސްލާމީ މަރުކަޒެއްވެސް ހުޅުވާފައިވެއެވެ. އިސްލާމީ މަރުކަޒާއި އެ އެތަނުގެ މިސްކިތް، "މަސްޖިދުއް ދުކްތޫރު އަފްރާޝީމް އަލީ"  ހުޅުވާފައިވަނީ 18 ޑިސެމްބަރު 2021ގައެވެ. ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ރޭ މެންދަމުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް