ޚަބަރު

ތަފާތު ކުރާ ކަމަށް ބުނެ ލޯ ގްރަޖުއޭޓުންގެ ޕެޓިޝަނެއް ރައީސަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގާނޫނީ ވަކީލުކަމުގެ ޚާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާއި ގުޅިގެން އެކަމުގެ ސަބަބުން ހަމަހަމަކަން ގެއްލޭ ކަމަށްބުނެ ލޯ ގްރެޖުއޭޓުން ޕެޓިޝަނެއް ތައްޔާރުކޮށް ރައީސް ޞާލިޙަށް ހުށަހަޅައިފިއެވެ.

Ads by STELCO

ޕެޓިޝަނުގައި މި ޤާނޫނު ވުޖޫދުވުމުގެ ކުރިން ކިޔަވަން ފެށި 80 ދަރިވަރުން ވަނީ ސޮއިކޮށްފައެވެ.

ބާ ކައުންސިލް އިންތިޚާބެއް ބާއްވާ، ވަކާލާތު ކުރުމުގެ ހުއްދަ އިމްތިހާނެއްގެ ތެރެއިން ދޭން ޤާނޫނުން ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ހާލަތްތައް ދިމާވެ، އެކި ފަހަރު މަތިން އިމްތިހާން ވަނީ ފަސްކޮށްފައެވެ.

2020 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ބާ އިމްތިހާނެއް ބޭއްވެންދެން އެހާތަނަށް ކިޔަވައި ނިމިފައި ތިބި މީހުންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ވަކީލުކަމުގެ ހާއްސަ ހުއްދައެއް ވަނީ ދީފައެވެ. އެއީ ޤައުމީ ސިއްޙީ ނުރައްކަލުގެ ހާލަތު އޮތް ކަމަށްބުނެ، އެ ހާލަތުގައި އިމްތިހާން ނުބޭއްވޭތީއެވެ.

ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނަނިކޮށް، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މަޖިލީހަށް ހުށަހެޅި އިސްލާޙަކުން އެ ފަރާތްތައް ބާ ކައުންސިލް އިމްތިހާން ހަދަން ނުޖެހޭ ގޮތަށް ވަނީ ހަދާފައެވެ. އެ އިސްލާޙްގައި އެ އަހަރުގެ ގާނޫނީ ދާއިރާއިން ކިޔަވަމުން ދިޔަ ދަރިވަރުން ވެސް އިމްތިހާނުން އިސްތިސްނާވާ ގޮތަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ އިސްލާޙްވަނީ ބޭރުކޮށްފައެވެ.

އެ ޕެޓިޝަންގައި ބުނެފައިވަނީ، އެ ޤާނޫނު ތަޞްދީޤުކުރެވުނު އިރު އެއްޙާލަތެއްގައި ތިބި ފަރާތްތަކުގެ ތެރެއިން ވަކި ފަރާތްތަކަށް ފަހިވާގޮތަށް ޤާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލް ކުރި ބައެއް ފަރާތްތަކުގެ ޙަައްޤު ގެއްލިފައިވާ ކަމަށެވެ. ކަންމިހެން އޮތުމާއެކު އެ އިސްލާޙް ތަސްދީޤް ނުކުރުމަށްވަނީ އެދިފައެވެ.

ސިއްހީ ނުރައްކަލުގެ ހާލަތު އޮތްކަމަށްބުނެ 2019 ވަަނަ އަހަރުގެ ބެޗަށް ޚާއްސަ ހުއްދައެއް ދިންނަމަވެސް، ހަމަ އެ ހާލަތު އޮއްވާ 2020 އަދި 2021 ވަނަ އަހަރު ބާ އިމްތިހާން ހެދި 4 ބެޗެއްގެ ގިނަ ދަރިވަރުންނަށް ލައިސެސް ނުލިބި ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށްބުނެ އެ ޕެޓިޝަންގައި ވަނީ ޝަކުވާކޮށްފައެވެ. އެ ޕެޓިޝަންގައި ބުނެފައިވަނީ މިގޮތަށް އިމްތިހާން ނުބާއްވާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން، ޤާނޫން އަސާސީ ކަށަވަރުކޮށްދީފައިވާ މަސައްކަތް ކުރުމުގެ ޙައްޤަށް އަރައިގެންފައިވާ ކަމަށެވެ.

އެ ދަރިވަރުން އެދިފައިވަނީ، ޤާނޫން އަސާސީ އާ ތައާރަޒްވާ ޤާނޫނުތައް ބާތިލްވާނެ ކަމަށް ބަޔާން ވެފައިވާހިނދު، އެއް ހާލަތެއްގައި ތިބި ދެ ބައަކަށް ވަކި ގޮތެއް ހެދުމަށް އިސްލާޙްގައި ބަޔާންކޮށްފައިވާތީ، ތަސްދީޤް ނުކޮށް އަނބުރާ މަޖިލީހަށް މަޖިލީހަށް ފޮނުވާލުމަށެވެ.

ބާ އިމްތިހާނަށް 10،000ރ. ފީއެއް ނަގަން ނިންމާފައި ވާތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ބާ ކައުންސިލުން މިހާރު އެ ފީ 6،500ރ. އަށް ކުޑަކޮށްފައިވެއެވެ. އިމްތިހާން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 19 ގައެވެ.

Ads by HDC
  1. ވަކީލުކަންވެސް ވަކިބަޔަކު ކޮންޓުރޯލް ކުރާއެއްޗަކަށް ހަދަންވެގެން ބާއްވާ އިމްތިހާނެ، ވަކީލް ކަންވެސް ވަކިބަޔަކަށް ވެވޭ ގޮތަށްހަދަން ވަކިފިކުރެއްގެ ބަޔަކަށް !

  2. ިިޒީ

    މީ ބޮޑު ވެގެންވާ މުސީބާތެއް. 2019 ވަނަ އަހަރު ކިއެވި ދަރިވރުންވެސް ލައިސަންސް ނެތި އެބަތިބި. ޢެބުނާ ވަގުތީ ލައިސަންސް ދިން އިރު އެކި ސަބަބުތަކާ ހުރެ އެ ބުނާ އެއްޗެއްގަ ބައިވެރި ނުވެވިގެން.

  3. އިން އެންޑް މޫސަ

    މި ހަމަ މަރސްޓާ ޕުލޭން އެކޭ