Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

36 ސްކޫލާއެކު އެސްޓީއޯ މަކިޓާ ނޭޝަނަލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ތިނަދޫގައި ފަށައިފި

36 ސްކޫލާއެކު އެސްޓީއޯ މަކިޓާ ނޭޝަނަލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ތިނަދޫގައި ފަށައިފި

އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓުތައް ގދ. ތިނަދޫގައި މިއަދު ފަށައިފިއެވެ.

މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ޖުމްލަ 36 ސްކޫލެއް ބައިވެރިވެފައިވެއެވެ. މުބާރާތުގައި ޖުމްލަ 1057 އެތުލީޓުން ވާދަ ކުރާނެއެވެ. މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ މުބާރާތް ތިނަދޫގައި ބޭއްވުމަށް ފުރުސަތު ލިބިގެން ދިޔައީ ތިނަދޫ ކައުންސިލުން މުބަރާތަށް ބިޑް ހުށަހެޅުމުން އެންމެ މަތިން ޕޮއިންޓް ލިބުމުންނެވެ.

Advertisement
HDC — Sidebar (box)

މީގެ ކުރިން ކާމިޔާބު އެތްލެޓިކްސް މުބާރާތްތަކެއް ތިނަދޫގައި ބާއްވާފައިވީ ނަމަވެސް މިއީ ތިނަދޫގައި މިހާތަނަށް ބާއްވާ އެންމެ ގިނަ ކުދިން ބައިވެރިވާ އެތްލެޓިކްސް މުބާރާތެވެ. މީގެ ކުރިން 2009 ވަނަ އަހަރާއި، 2011 އަދި 2015 ވަނަ އަހަރު ތިނަދޫގައި މަކިޓާ އެޓޯލް ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތް ވަނީ ބާއްވާފައެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ތިނަދޫގައި އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތެއް ބާއްވާފައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް