ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓެކްސް ބޮޑުކުރުމާއި ދެކޮޅު އެމްޑީޕީގެ ބައެއް މެމްބަރުންނަކީ ޕީޕީއެމާއިއެކު މަސައްކަތް ކުރާ ބައެއް: ޔައުގޫބް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދެކޮޅު ހަދާ އެމްޑީޕީ މެމްބަރުންނަކީ ޕީޕީއެމް މެމްބަރުންނާއި ގުޅިގެން މަސައްކަތްކުރާ މެމްބަރުންކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވަފިއެވެ.

Ads by Hajj Corporation

ޔައުގޫބް ވިދާޅުވީ މިއަދު ޓެކްސް ބޮޑުކުރަން މިކުރާ މަސައްކަތަށް “އުނދަގޫ” ކުރަނީ ވަކި މީހަކު ވެރިކަމުގައި ހުރުމުން ކަމަށެވެ. އަދި މިކަމަކީ ޕީޕީއެމް މެމްބަރުންނާއި ގުޅިގެން ބައެއް އެމްޑީޕީ މެމްބަރުން ކުރައްވާ ކަމެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅައިފައިވަނީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

މިބިލް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. އެބިލާމެދު ގޮތެއް ނިންމާނީ، ކަމާބެހޭ މާހިރުން ކޮމިޓީއަށް ގެނެސް މައުލޫމާތު ސާފުކުރުމަށްފަހު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!