Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފަތުވާ ކޮމިޓީ ވަޅުލާފައި ބާއްވާފައި، އިސްލާމްވި ދުވަސް ފާހަގަ ކުރުން ދެކޮޅެއް ނުޖެހޭ: ޝަހީމް

ފަތުވާ ކޮމިޓީ ވަޅުލާފައި ބާއްވާފައި، އިސްލާމްވި ދުވަސް ފާހަގަ ކުރުން ދެކޮޅެއް ނުޖެހޭ: ޝަހީމް

ދީނީ އިޚްތިލާފުތަކުގައި ލަފާދޭ، ފަތުވާ ކޮމިޓީ ވަޅުލާފައި ބާއްވެމަށްފަހު ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވާ ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ރޭ، ހޯމް މިނިސްޓްރީން ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަން ގާއިމް ކުރުމަށްޓަކައި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަސާސް ކަމުގައިވާ އިސްލާމީ ފަތުވާދޭ ކައުންސިލް ވަޅުލާފައި ބޭއްވުމަށްފަހު މިފަދަ ދުވަހެއް ބާއްވަން އެއްޖެ ޖަލްސާ ކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށެވެ.

Advertisement
Allied Insurance — Square (box)

"ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޤާއިމް ކުރުމަށްޓަކައި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އެއް އަސާސް ކަމުގައިވާ (ދައުލަތުގެ އިސްލާމީ ފަތުވާ ކައުންސިލް) ވަޅުލާފަ ބާއްވާފަ އިސްލާމްވި ދުވަސް ފާހަގަ ކުރަން އެއްވެ ދީނީ އެއްބައިވަންކަމުގެ ވާހަކަ ދެއްކީމަ ދެކޮޅު ނުޖެހޭ." ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1585354031907901440?s=20&t=zIC1_MErnverfo_2Zw2S8A

ފަތުވާދޭ މަޖިލިސް ނެތްތާ އެތައް ދުވަހެއް ވެފައިވާއިރު، އިދިކޮޅުން އަންނަނީ މިކަމުގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ. ސަރުކާރުން ބުނެފައިވަނީ، ފަތުވާދޭ މަޖިލިސް އެކުލެވިގެން ގޮތަށް ބަދަލު ގެނެސް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު މުރާޖަޢާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް