Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުފްތީ މެންކްގެ ދަރުސް މިރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ

މުފްތީ މެންކްގެ ދަރުސް މިރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސް މިރޭ މާލޭގައި އޮންނާނެއެވެ. ކާނިވާ ސަރަހައްދުގައި އޮންނަ މި ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސް އޮންނާނީ މިރޭ 8.45 ގައެވެ. މުފްތީ މެންކްގެ އިތުރު ދަރުސްތައް މި ހަފްތާ ބަންދުގައި ކުރިއަށް ދާނެއެވެ. އެގޮތުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ އަދި ހުޅުމާލޭގައި މި ދަރުސްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:

މާލެ: އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ފުވައްމުލައް ސިޓީ: އޮކްޓޯބަރު 29 ވަނަ ދުވަހު ޙާފިޒް އަޙްމަދު ސްކޫލުގައި އައްޑޫ ސިޓީ:  އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި ހުޅުމާލެ: އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ. މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ތަފާތު މައުޟޫޢުތަކަށް މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަދު ދުވަހު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވީވެސް މުފްތީ މެންކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް