ކުޑަ ކުދިންނަށް ދަސްކޮށްދެވިދާނެ ބައެއް ދުޢާ

އެންމެ އަވަހަށް ކަންކަން ދަސްކޮށް ، ކަންކަން ނަގައިގަންނަ ބަޔަކީ ކުޑަ ކުދިންނެވެ. އެކުދިންގެ ހިތް ސާފު ކަމާއި މައުސޫމްކަމުގެ ސަބަބުން ހިތު ދަސް ކުރުމުގެ ބާރު ، އެކުދިންނަށް ލިބިފައިވެއެވެ. އެހެންކަމުން ތަރުބިއްޔަތުގެ އެންމެ މުހިންމު މަރުހަލާއަކީ ކުޑަކުދިންގެ އުމުރެވެ.
މި ޢުމުރުގައި އެކުދިންނަށް ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަމަކީ ފުރިހަމަ ، ރީތި ދުޢާތައް މާނައާއެކު އެކުދިންނަށް ދަސްކޮށްދިނުމެވެ. އިންޝާ ﷲ ، އެކަމުގެ ފައިދާ ދެ ދުނިޔޭގައި ވެސް ލިބިގެންދާނެއެވެ. އަދި އެކަމުގެ ފޮނިކަން މައިންބަފައިން ދުނިޔޭގައި ތިއްބާ ވެސް ދަރިންގެ ފަރާތުން ލިބިގެން ދާނެއެވެ.
މި ބަޔާންކޮށްލަނީ ކުދިންނަށް ފަސޭހައިން ދަސްކޮށްދެވިދާނެ ، ސުންނަތުން ޘާބިތުވާ ބައެއް ދުޢާ އެވެ.

ރަސޫލުﷲ صلَّى اللهُ عليه وسلَّم ޙަދީޘްކުރެއްވިއެވެ.
قَالَ رَجُلٌ يا رَسولَ اللهِ، كيفَ أَقُولُ حِينَ أَسْأَلُ رَبِّي؟ قالَ: قُلْ: اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَعَافِنِي، وَارْزُقْنِي وَيَجْمَعُ أَصَابِعَهُ إلَّا الإبْهَامَ فإنَّ هَؤُلَاءِ تَجْمَعُ لكَ دُنْيَاكَ وَآخِرَتَكَ.
މީހަކު ދެންނެވިއެވެ އޭ ރަސޫލުﷲ އެވެ! ތިމަންނަ ﷲގެ ޙަޟްރަތުގައި ދަންނަވާހިނދު ދަންނަވާނީ ކިހިނެއްތޯއެވެ؟ ރަސޫލުﷲ صلَّى اللهُ عليه وسلَّم ޙަދީޘްކުރެއްވިއެވެ. ތިބާ މިހެން ދަންނަވާށެވެ. ޔާ ﷲ މިއަޅާގެ ފާފަ ފުއްސަވައި ރަޙްމަތް ލައްވާނދޭވެ. އަދި މި އަޅާއަށް ދުޅަހެޔޮ ސިއްޙަތެއް ދެއްވައި ޙަލާލު ރިޒުޤު ދެއްވާނދޭވެ. ފަހެ މިދުޢާއިން ތިބާއަށް ދެދުނިޔޭގެ ހެޔޮކަން މިންވަރުވާނެއެވެ.
( رواه مسلم)

ހައްދަވާ ގެންގުޅުއްވާ އިލާހު. މި އަޅާގެ ހިތުގައި ނޫރެއް ލައްވާނދޭވެ. މި އަޅާގެ ފެނުމުގައި ނޫރެއް ލައްވާނދޭވެ. މި އަޅާގެ އިވުމުގައި ނޫރެއް ލައްވާނދޭވެ. މި އަޅާގެ ކަނާތްފަރާތުގައި ނޫރެއް ލައްވާނދޭވެ. މި އަޅާގެ ވާތްފަރާތުގައި ނޫރެއް ލައްވާނދޭވެ. މި އަޅާގެ މަތީގައި ނޫރެއް ލައްވާނދޭވެ. މި އަޅާގެ ތިރީގައި ނޫރެއް ލައްވާނދޭވެ. މި އަޅާގެ ކުރިމަތީގައި ނޫރެއް ލައްވާނދޭވެ. މި އަޅާގެ ފަހަތުގައި ނޫރެއް ލައްވާނދޭވެ. މި އަޅާއަށްޓަކައި ނޫރެއް ލައްވާނދޭވެ.

“ ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އެކަލާނގެއީ އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ އަބަދަށް ޤާއިމްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ޙަޟްރަތަށް ތައުބާވަމެވެ.”
މަސްދަރު: އިލްމް.އެމްވީ