Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިންޑިއާއިން ނަޞްރުގެ ދުވަހުގެ ތަހުނިޔާ؛ ސަރަހައްދީ ހަމަޖެހުމުގައި އަބަދު ވެސް ބައިވެރިޔަކަށް ވާނަން

އިންޑިއާއިން ނަޞްރުގެ ދުވަހުގެ ތަހުނިޔާ؛ ސަރަހައްދީ ހަމަޖެހުމުގައި އަބަދު ވެސް ބައިވެރިޔަކަށް ވާނަން

އިންޑީއާއިން އަބަދު ވެސް ސަރަހައްދީ ހަމަޖެހުމަށް މަސައްކަތް ކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ދިވެހިންނަށް ފޮނުވާ ކުރެއްވި ޓްވީޓެއްގައެވެ.

ނަޞްރުގެ ދުވަހަކީ 1988 ގެ ނޮވެމްބަރު 03 ގައި ދިވެހި ޤައުމަށް ޣައްދާރުވި މަދު ބަޔަކު ލަންކާގެ ”ޕްލޮޓް“ ޖަމާޢަތާއި ގުޅިގެން ރާއްޖެއަށް ދިން ހަމަލާއިން ލިބުނު ކާމިޔާބީ ފާހަގަ ކުރާ ދުވަހެކެވެ.

Advertisement
Ooredoo — Square (box)

"އެ ދުވަހުގެ ޙާދިސާއިން އަންގައިދެނީ މި ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކެނޑިނޭޅި ގުޅިގެން ކުރެވޭ މަސައްކަތުގެ ބޭނުންތެރިކަން" މިއަދު ހައި ކޮމިޝަންއިން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އިންޑިއާއިން ވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ ތަމަޅަ ޓައިގަރުން އަތުލައިގަންނަން އޮޕަރޭޝަނެއް ބާއްވާފައެވެ. ދިވެހިންގެ ބަޔަކު ރަހީނުކޮށް ފިލަން ދިޔަ ތަމަޅަ ޓައިގަރުން އަތުލައިގަނެ، ރާއްޖެ ގެނައީ އިންޑިއާގެ ނޭވީންނެވެ. އޮޕަރޭޝަން ކެކްޓަސްގެ ނަމުން ނަން ދީފައިވާ މި އޮޕަރޭޝަންގައި ޖުމްލަ 500 ސިފައިން ބައިވެރިވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް