ލައިފްސްޓައިލް

ފަޔަށް ތަދެއް އެރުމުންވެސް އަޅާނުލި އިނގިރޭސިވިލާތުގެ ނަރުހެއްގެ ފައި ޖެހުނީ ބުރިކޮށްލަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ސަލްފޯޑް ރޯޔަލް ހޮސްޕިޓަލުގައި މަސައްކަތްކުރި ނަރުހެއްގެ ކަނާތު ފައި، ކަކުލުން ތިރިން ބުރި ކޮށްލަން ޖެހިއްޖެއެވެ.

Ads by Sosun Fihaara

ސިއެޓް ބޯނަވެންޓުރާ, 26 އަކީ ކޮވިޑް ޖެހިގެން އެހޮސްޕިޓަލަށް ގެންދިޔަ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ބުރަކޮށް އުޅުނު ނަރުހެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސިއެޓްގެ ފައި އަކުނިވަޔަށް ދަމައިގެން، ފަޔަށް ތަދެއް އަރާފައި ހުންނަތާ އަށް ހަފްތާވިއެވެ.

ނަމަވެސް ކުރިން އޭނާވަނީ އެތަދަށް އަޅާނުލާ، މަސައްކަތައިގެން ކުރިއަށް ގޮސްފައެވެ. އަދި މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު މާބޮޑަށް ތަދުވެ އިތުރަށް ކޮޅަށް ހުރެވޭވަރު ވެސް ނުވުމުން، ޑޮކްޓަރަށް ދައްކާ، ސްކޭނެއް ހެދުމުން އެނގުނީ ކަނާތު ކުޑަކަޅުވާގައި ޓިއުމަރެއް އުފެދިފައިވާ ކަމެވެ. އެހެންކަމުން މެއި މަހު ސިއެޓްގެ ކަނާތު ފައި ކަކުލުން ތިރިން ޖެހުނީ ބުރިކޮށްލާށެެވެ.

"ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މާނައަކީ އަމިއްލަ ތަދުތައް މަތިން ހަނދާން ނައްތާލުމަށްފަހު، ބަލިމީހުންގެ ޚިދުމަތުގައި ހުރުން. ނަމަވެސް ކޮންމެ ކަމަކީ ވެސް އަގެއް ދައްކަންޖެހޭ ކަމެއް. އަހަންނަށް ދޭން ޖެހުނީ އަހަރެންގެ ފައިން ބައެއް" ސިއެޓް ބުނެފައިވެއެވެ.

ސިއެޓް ބުނިގޮތުގައި އެއީ ކޮވިޑް-19 އެންމެ ގަދަޔަށް ފެތުރި އެހޮސްޕިޓަލު ފުރުނު ދުވަސްކޮޅެވެ. އެހެންކަމުން އޭނާ އަބަދުވެސް ހުންނަން ޖެހުނީ ބަލި މީހުންގެ ޚިދުމަތުގައެވެ. އަދި އޭނާ ވަޒީފާ އަދާ ކުރުމުގެ ސަބަބުން ފައި ބުރިކޮށްލަން ޖެހުނު ކަމުގައި ވިޔަސް، އެކަމާއި އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށް ވެސް ސިއެޓް ބުންޏެވެ.

ނުރައްކާތެރި އެޓިއުމަރު ނެގިއިރު، އޭގެ ބޮޑުމިން ގޮލްފް ބޯޅައަކާއި އެއްވަރު ކަމަށް ވެސް ސިއެޓް ބުންޏެވެ.

 

 

Ads by Ooredoo
  1. ާާަބޯބޮ

    ނޭގެ ކިޔަން ދެރަކަމެއް