ޚަބަރު

ސަރުކާރުގެ އެންމެ ބޮޑު މައްސަލަ އަކީ ރައްޔިތުންނަކީ ގަމާރުން ކަމަށް ދެކުން: ޢަލީ ރަމީޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ސަލަފު ޖަމުޢިއްޔާގެ ޗީފް މާކެޓިން އޮފިސަރު، ޢަލީ ރަމީޒު--

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އެންމެ ބޮޑު މައްސަލަ އަކީ ރައްޔިތުންނަކީ ގަމާރުން ކަމުގައި ދެކުން ކަމަށް  ސަލަފު ޖަމުއިއްޔާގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޢަލީ މިހެން ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާޢު މަޤާމުން ވަކި ކުރެއްވުމަށްފަހު، އެތަނުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ސަޢީދާ ހަވާލުކުރެއްވި މައްސަލައިގައި، އެ ސްކޫލުގެ ބެލެނިވެރިން އަޑު އުފުލަމުން އަންނަ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

ސަރުކާރުން ވިދާޅުވަނީ، ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މަޤާމުން ވަކި ނުކުރައްވާ ކަމަށާއި، އޭނާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލު ކުރީ ކަމަށެެވެ.

މިކަމަށް ޢިޝާރާތް ކުރައްވައި ޢަލީ ވަނީ "މި ސަރުކާރުގެ އެންމެ ބޮޑު މައްސަލަ އަކީ ރައްޔިތުންނަކީ ގަމާރުންތަކެއް ކަމަށް ދެކޭ ދެކުން" ކަމަށް ވިދާޅުވެފައެވެ.

ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މަޤާމުން ވަކިކުރި މައްސަލައިގައި ބެލެނިވެރިން މިހާރު މަސައްކަތް ކުރަމުން ދަނީ އެޑިއުކޭޝަން މިނިސްޓަރު ޢައިޝަތު ޢަލީއާ ބައްދަލު ކުރުމަށެވެ.

ބެލެނިވެރިން ޖަމާވެފައިވަނީ ވެލާނާގޭ ކައިރިއަށެވެ. އެ ތަނަށް ޖަމާވެފައިވާއިރު އެ މީހުން ތިބީ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

މީގެ އިތުރުން ޢަރަބިއްޔާގެ މެނޭޖްމަންޓްގެ ބައެއް ބޭފުޅުން މި ވަގުތު ތިއްބެވީ ވެލާނާގޭގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީތެރޭގައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!