ޚަބަރު

ޗާގޯސްއަކީ ރާއްޖެ ކަމަށް ބުނާ ސިޓީ ލިޔުނު ރަސްގެފާނަކީ ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރެއްވި ރަސްކަލެއް: ޝާހިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ދެކެވޭ ވާހަކަތަކެއް ނޫން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ، ޗާގޮސް މައްސަލައިގައި މައުލޫމާތުތަކެއް ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެއީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ދެކެވެމުންދާ ވާހަކައެއް ނޫންކަން އަޅުގަނޑުމެންނަށް ސާބިތުވެގެންދަނީ, އޭގެ ފަހުން އެއްވެސް ރަސްކަލެއްގެ ލިޔުމެއްގައި ރާއްޖޭއަށް ޗާގޯސްގެ ބާރު ހިނގާނެ ކަމަށް ބަޔާންވެފައެެއް ނެތް." މިހާރު ބައެއް ފަރާތްތަކުން ޗާގޮސް އަކީ ރާއްޖެއިން ބައެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ބިނާވެފައިވަނީ ހަސަން ރަސްގެފާނު ލިޔުއްވާފައިވާ ސިޓީއެއްގެ މައްޗަށް ކަމަށެވެ. ނަމަވެސް އެސިޓީއަކީ ރާއްޖޭގެ ރަސްކަލެއްގެ މަގާމުގައި ހުންނަވައިގެން ލިޔުނު ސިޓީއެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ހަސަން ރަސްގެފާނު އެ ސިޓީ ލިޔުއްވީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ޖެއްސުމަށް މަސައްކަތް ކުރައްވަމުންކަމަށާއި އެހެންކަމުން އެ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މައްސަލައިގައި އިތުރަށް ވާހަކަ ދައްކަވަމުން އދގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ، އާއްމުންނަށް ކަމުގެ ހަޤީޤަތް އޮޅުވާލަމުން އަންނަ ކަމަށެވެ. އަދި މިކަމުން ނޭދެވޭ އަސަރު ކުރާނެ ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

"ގައުމެއްގެ ސިޔާދަތަށް ބިނާކޮށް މިއީ އޮޅުވާލަންވާ ވަރު ކަމެއް ނޫން. މީގެ އަސަރު އަންނަން އޮތް ޖީލުތަކަށް ކުރާނެ. ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމެއް. މި އުޅެނީ ދެކުނުގައި އޮތް ބަޔަކާ އަރާރުންވެގަންނަން. މި ހިސާބަށް ކަންކަން ގެންދާކަށް ނުވާނެ." މި މައްސަލަ އިތުރަށް ސާފުކޮށްދެއްވަމުން ޝާހިދު ވަނީ ރައީސް ޞާލިޙް މޮރިޝަސްގެ ރައީސަށް ފޮނުވި ސިޓީފުޅާއި ގުޅުވައިގެން ވެސް ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އަލުން މިފަދަ ގަރާރެއް އދ.ގެ އާންމު މަޖިލީހަށް އަތުވެއްޖެ ނަމަ ދިވެހި ސަރުކާރުން އެ ގަރާރަކަށް ދެކޮޅު ނަހައްދަވާނެ ކަމަށް އެހެން ނަމަވެސް އެ ގަރާރާ ދެކޮޅު ނަހައްދަވަނީ ކީއްވެގެން ކަން ވެސް އޭގަ އޮތް އެއީ އިސްތިއުމާރީ ބާރުތަކުން ރަށްތައް މިނިވަން ކުރުމަށް މި ކުރާ މަސައްކަތަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއިދު ކުރާތީ.

Ads by HDC
  1. މިއަދުވެސް ރާއްޖެއިން ހަސަން ރަސްގެފާނު ތަކެއް އެބަފެނޭ !