Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ކްރިޓިކަލް

އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ކްރިޓިކަލް

އިއްޔެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗް އިން ވިދާޅުވީ، ޖިންސު ވަކިކުރަން އުދަނގޫވާރަކަށް ފިހިފައިވާ މިމީހާގެ ޖިންސު މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެއީ ފިރިހެނެއް ކަމަށެވެ.

އަދިވެސް އެ މީހާއާށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގައި ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެއެވެ.

Advertisement
Ooredoo — Square (box)

މިހާތަނަށް މާލޭގައި ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި ޖުމްލަ 10 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ކާކުކަން ނޭނގޭ އެކަކު އެބައޮތް ކަމަށް ފުލުހުން ވިދާޅުވިއިރު، އޭގެ ތެރެއިން 7 މީހުންނަކީ އިންޑިއާ މީހުންނެވެ. ދެން މަރުވި ދެ މީހުންނަކީ ބަންގްލަދޭޝް ދެ މީހުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް