ޚަބަރު

ލާމު ރައީސްގެ ފާޑު ކިޔުން ހޮރައިޒޮންއަށް؛ މަސްވެރިކަމުގެ ސިނާއަތު ފުޑުފުޑުކޮށްލަން އުޅޭނެ ކަމެއް ނެތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިސްމާއިލް އަލީ، މަސްވެރިންގެ ކަންބޮޑުވުންތައް އޮޅުން ފިލުވަނީ

ލ. މާންދޫގައި ވިލާ ގްރޫޕްއިން ހިންގަމުން އަންނަ ހޮރައިޒޮން ފިޝަރީޒްއަށް ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހޮރައިޒޮން އިން މަސްވެރިންނަށް ދޭން ޖެހޭ 21 މިލިޔަން ރުފިޔާ ނުދޭ ކަމަށްބުނެ، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް މާންދޫގައި މަސްވެރިން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ނިންމާފައިވަނީ، ދޭން ޖެހޭ 21 މިލިޔަންގެ ތެރެއިން 8.6 މިލިޔަން ދޭން އެއްބަސްވުމުންނެވެ.

މުޒާހަރާ ކުރަމުން ދިޔަ ވަގުތު އަތޮޅު ކައުންސިލްގެ ރައީސް ވަނީ މާންދުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އަދި މަސްވެރިންގެ ޑިމާންޑްތައް އަޑު އައްސަވާ، އެ ޑިމާންޑްތައް ފުރިހަމަކޮށްދިނުމަށް އެދިވަޑައިގަތެވެ.

މަސްވެރިން ވަނީ މާންދޫއިން ދަށް ރޭޓެއްގައި މަސް ގަންނާތީއާއި، ތެލާއި އައިސް، ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށްވުރެ ބޮޑުކޮށް ވިއްކާތީ ފާޑު ކިޔާފައެވެ. މިކަމާ ގުޅިގެން ހޮރައިޒޮން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފްކޯއަކީ ސަރުކާރުން ސަބްސިޓީ ދޭ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން މަސް ގަންނަ އަގުގައި ހޮރައިޒޮންއަށް މަސް ނުގަނެވޭނެ ކަމަށެވެ. އަދި ތެލާއި އައިސް އަގު ބޮޑު ވަނީ ވެސް މިކަމުގެ ސަބަބުން ކަމަށް ހޮރައިޒޮން އިން ވިދާޅުވިއެވެ.

ހޮރައިޒޮންގެ މި ވާހަކަތަކަށް ރައްދު ދެއްވާ މިއަދު ކުރެއްވި ޓްވީޓެއްގައި އިސްމާއިލް އަލީ ވިދާޅުވީ، އަމިއްލަ ކުންފުންޏެކޭ ކިޔާ، މަސްވެރިންގެ މަސް ދަށް ރޭޓެއްގައި ނުގަނެވޭނެ ކަމަށެވެ. އަދި ލާމު އަތޮޅުގެ މަސްވެރިކަމުގެ ސިނާއަތު ފުނޑުފުނޑުކޮށްނުލާ، އެކަށޭނެ ރޭޓެެއްގައި އެކަން ކުރެވޭނެބ ބަޔަކާ ހަވާލު ކުރަން އިސްމާއިލް އަލީ ގޮވާލެއްވިއެވެ.

އިއްޔެއާ ހަމައަށް މާންދޫގައި ކުރިޔަށް ދިޔަ މުޒާހަރާގައި ބައެއް ރަށްރަށުގެ ކައުންސިލަރުން ވެސް ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.

  1. ބަޔެއް ކުންފުނި ތަކުން ހިދުމަތް ހޯދާފަ އުޖޫނަ ނުދޭވާހަކަ އަބަދުވެސް ދެކެވޭ، ްެްެްެ