ދުވާފަރު ކައުންސިލްގެ އެސްޖީ ސަސްޕެންޑް ކޮށްފި
 
                                                    ރ. ދުވާފަރު ކައުންސިލް ހިންގަން ހަވާލުކުރި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް ސަސްޕެންޑް ކޮށްފިއެވެ.
އެލްޖީއޭއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ސަސްޕެންޑް ކޮށްފައިވާ ސަބަބެއް އެ އޮތޯރިޓީއަށް އެގިފައެއް ނުވެއެވެ.
އެލްޖީއޭއިން މަޢުލޫމާތުދީފައިވާ ގޮތުގައި ކައުންސިލްގެ ސްޓާފުންނާ މެދު ފިޔަވަޅު އަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި އޭނާ ސަސްޕެންޑް ކުރި ސަބަބު ބުނެދެވޭނީ ވެސް އެ ކޮމިޝަނަށް ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
އެލްޖީއޭއިން ދުވާފަރު ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ ފާއިތުވެދިޔަ ނޮވެމްބަރުމަހު ބޭއްވި ޖަލްސާގައެވެ. އެއަށްފަހު އެކައުންސިލްގެ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައި ވަނީ އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލާއެވެ.
މެންބަރުން ސަސްޕެންޑް ކޮށްފައިވަނީ ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި މުސާރައެއް އަދި އެއްވެސް އަނިޔާތެއް ނުލިބޭ ގޮތަށެވެ. އަދި އެއްވެސް ގޮތަކުން ކައުންސިލް ތަމްސީލުކުރުން ވަނީ މަނާކޮށްފައެވެ.
ދުވާފަރު ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑް ކޮށްފައި މިވަނީ، އެ މެންބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، ޑިއުޓީ ޕްރޮސިކިއުޝަނަށް ވަނީ ފޮނުވާފައެވެ.
 
  
  
            
                     
            
                     
            
                             
            
                    
 
		
 
		
 
		
 
		
 
		
ރައްޔިތުންނަށް ޖައުންސެލުން ދޭންޖެހޭ ހިދުމަށް ދިނުން އެލްޖީއޭ ހުއްޓުވާފަ މިއޮތީ !