ބުދަކަށް އަޅުކަން ކުރަމުންދަނިކޮށް، އޭގެތެރޭގައި ތާށިވެއްޖެ

އިންޑިއާއަކީ ވަރަށް ގިނަ ދީންތަކަށް އަޅުކަންކުރާ މީހުން އުޅޭ ޤައުމެއްކަމުން އެކި މީހުން އެކި ގޮތްގޮތައް އެމީހުންގެ ކަލާންގެތައް "ރުއްސަން" އަޅުކަން ކުރާތަން ފެނެއެވެ.
ދާދި ފަހުން މިގޮތައް އެތުން ހަދާފައިވާ "ކަލާންގެ" ބުދަކަށް ޚާއްސަ ގޮތަކަށް އަޅުކަން ކުރަން އުޅުނު މީހެއް އެ ބުދުގެ ތެރޭގައި ތާށިވެއްޖެއެވެ.
އިންޑިއާގެ ގުޖުރާތުގެ އަވަށެއްގައި މި މީހާ ފައްޅިއެއްގައި ބުދަށް އަޅުކަންކުރަން އުޅެނިކޮށް ތާށިވެގެން އުޅޭ ވީޑިއޯ ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އޭނާ އެތައް މަސައްކަތެއް ކޮށްގެންވެސް އެ ބުދު ތެރެއިން ނުނިކުމެވެގެން އުޅޭތަން ވީޑިއޯގައި ފެނެއެވެ.
https://twitter.com/nkk_123/status/1599457906419986432?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1599457906419986432%7Ctwgr%5E4496f2d7ac11264bf47af7314d2206bdaaf44cbe%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fviral-video-devotee-gets-stuck-under-elephant-statue-at-gujarat-temple-3579871
ވީޑިއޯގެ ވަކި ހިސާބަކުން ފައްޅީގެ ޕަންޑިތު ވެސް އޭނާއަށް އެހީވުމަށް އާދެއެވެ. އެތަނުގައި ތިބި މީހުން ދިން ލަފައާ އެއްގޮތައް ޢަމަލުކުރިޔަސް އޭނާއަށް ސަލާމަތްވެވޭ ގޮތް ނުވުމުން އެމީހުންވެސް އޭނާގެ އެތަނުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާ ތަން ފެނެއެވެ.
އޭނާއަށް އެެންމެ ފަހުން އެ ބުދުގެ ތެރެއިން ނުކުމެވުނުކަމެއް ވީޑިއޯއަކުން ސާފެއްނޫނެވެ.
2019 ގައި ވެސް މިފަދަ ގޮތަކަށް އިންޑިއާގެ އަންހެނަކު ވަނީ ބުދެއްގައި ތާށިވެފައެވެ. އޭނާ ކުޑަ އެތެއްގެ ބުދުގެ ފައިގެ ދޭތެރެއަށް ވަންނަން އުޅެނިކޮށް ތާށިވެ އެތައް އިރެއް ވަންދެން އޮންނަން ޖެހުނެވެ. އެތަނުގައި އެވަގުތު ތިބި މީހުން އޭނާ އެތަނުން ސަލާމަތްކުރީއެވެ.






ކޮމެންޓް