Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފައިވާނުގައި ފޮރުވައިގެން ޖަލަށް ފޯނެއް ވައްދަން އުޅެފި

ފައިވާނުގައި ފޮރުވައިގެން ޖަލަށް ފޯނެއް ވައްދަން އުޅެފި

ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ޖަލަށް އެތެރެކުރަން އުޅެނިކޮށް އެތަކެތި އަތުލައިގެންފިއެވެ.

ކަމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަންދުގައި ހުރި މީހަކު ކޯޓު އަޑުއެހުމަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ ބައްދަލުކުރި މީހަކާ ފައިވާން ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި އެ ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރަށްކާކޮށް ޖަލަށް ވައްދަން މަސައްކަތްކުރަނިކޮށް އަތުލާގެންފައިވާ ކަމަށް މުހައްމަދުފުޅު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޖަލަށްް މަނާތަކެތި ވައްދާ މައްސަލައާއި ގުޅިގެން މިދިޔަ ހަފްތާތެރޭގައި ސިފައިންނާއި ފުލުހުން ގުޅިގެން ޖަލުގައި ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންްގައި ގިނަ އަދަދެއްގެ ފޯނާއި ސިމްކާޑު އަދި މަސްތުވާތަކެތިވެސް ވަނީ ފެނިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް