ގެއެއްގެ ހަވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެ
- މާލޭގެ ހެންވޭރުގެ ގެއެއްގެ ހަވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެއެވެ.
މާލޭގެ ހެންވޭރުގެ ގެއެއްގެ ހަވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެ އިމާރާތުގެ މަތިން ވެއްޓި މަރުވެފައިވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ގެންގޮސްފައިވަނީ އައިޖީއެމްއެޗަށެވެ.
މިކަމާ ގުޅޭ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 2:39 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
Ads by Allied Insurance