ޚަބަރު

ރިޟްވާން މާރާލި ގޮތް، އެކަމުގައި ބައިވެރިވި މީހަކު ރައީސް ޔާމީނަށް ކިޔައިދިން

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަގަށް ނެގުމަށްފަހު މަރާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިޟްވާން, މަރައިލި ގޮތް އެކަމުގައި ބައިވެރިވި މީހަކު އޭރުގެ ރައީސް އަބްދުالله ޔާމީނަށް ކިޔައިދީފައިވާކަމަށް މަރާލަފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުالله ވިދާޅުވީ ރިޟްވާން މަރާލުމުގައި ބައިވިރިވި ތ. އޮމަދޫ/ ނަރުގިސްވިލާ، މުހައްމަދު މުނާޒު އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް އަހުމަދު ރިލްވާން އަބްދުالله ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަމަށެވެ.

“އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުގައިކަންވެސް ތަހުގީގަށް އެނގިފައިވޭ” ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވީ އެ މައުލޫމާތު ކޮމިޝަނާ ހިއްސާކުރި ފަރާތަކީ މުނާޒާ ވަރަށް ގާތް މީހެއް ކަމަށެވެ.

އަދި އެމީހާ އަކީ މުނާޒު ސީރިއާގައި ހުރި އިރު, އެ މީހުންނާ ބައިވެރިވެ ސީރިއަށް ދާން މީހުން ރެކްރޫޓު ކުރަން އުޅުނު ފަރާތެއް ކަމަށް ފަރީޝާ ވިދާޅުވިއެވެ.

Ads by Ooredoo
  1. މިއަދު

    ހިޔާލީ ފުލޯއަށް ވާހަކަނުދައްކާ މޮނާޒާ ކައިރިމީހެއްގެރައްޓެއްގެ ގެއަށްގޮސްއުޅޭމީހެއްގެމަންމަފަރާތު ބޮޑުދައިތަގެ ފިރިމީހާގެ ދޮށީ ދަރިފުޅުގެ ފިރިމީހާއާއިއެކު މަހަށްގޮސްއުޅުނު މީހަކުބުނިއަޑުއެހި ދެމީހުންގެތެރޭގައިހިމެނޭ އެކެއްގެފިރިމީހާ ބުނިކަމަށްނުސީދާކޮށަ ކޮމިޝަނަށް މައުލޫމާތުލިބުނު

  2. ލޮކާޑް

    ކަނޑައެޅިގެން ދޮގެއް. ސާބިތު ނުވާ ކަންކަން ތިޔަވަރުގެ ރިޕޯޓެއްގައި ލިޔުން ދެކޮޅު ނުޖެހޭ. ސިޔާސީ ބޭނުމަށް ކޮމިޝަން ހަދައިގެން، ރައްޔިތުންނަކީ މޮޔަ ބަޔަކަށް ހެދުން ކަޑަ.

  3. ޔާމީންކާރިއެވާހަކަދެއްކިއިރު ތިބާއެތާގަ ތިންވަނަމީހަކަށްހުރީތަ އެހެންކަމަށްވާއިރު މިހުރިހާދުވަހު ނޭގިގެންއުޅޭއިރު އެވާހަކަނުބުނީކީވެތަ ކުއްލިއަކަށްތިވާހަކަ ތިލަވީ ރިޔާސީއިންތިހާބު ކާރިވާތި ބިރުންހޫންއަންނާތި.ހާދަހެއްވަޔޭ

  4. ކެކުޅުން

    ތީވަރަށް ބޮޑު ދޮގުތަކެއް، ބޭނުންހާ އިރަކު ބޭނުންހާދޮގެއް ހެދިއަކަސް ކަމަކު ނުދާނެ، މިމީހާބުނި އެމީހާބުނި އޭނަބުނި މީނަބުނި ތި ކިއާބުނިބުންޏަކަށް އަދި ވާނެ ކަމެއްނެތް އިންތީޚާބެއްތައްޔާރު ވީމާ ކަރުބުރިކުރުން ކެންޕިއަނަކީ ރައިއްޔަތުން ގަބޫލުކުރާ ކެންޕިއަނެއްނޫން،
    ތީކޮށްފަނިފާއޮތް ތަހުގީގެއް ފާޑެއްފަރީޝާއެއް ރައީސަކަށް ލައިގެން ދޮގު ބުހުތާން ވާހަކަތަކެއް ފެތުރިއަސް ރައިއްޔަތުން ދެން ތިދޮގުތަކެއް އަޑެއްނާހާނެ،
    މީހުންގެ ބޮލުގާބަދުނާމު ނާޅުވާ ތިމާމެންގެ ކުށްތައް ހޯދާ އިސްލާހުވިއްޔާ މާރަނގަޅުވާނެ،
    މިވަރުގެ ލާއިންސާނީ މިވަރުގެ ދޮގުވެރި މަކަރުވެރި އަނިޔާވެރި ސަރުކާރެއް މުޅި ދުނިޔެވެސް އަދި ނުދެކޭ،
    އަނިޔާވެރިކަން ގިޔާމަތްދުވަހުން ވަނީ އަނދިރިތަކެއް ކަމުގާ.