ޚަބަރު

ރޮޒޭނާގެ ސުވާލެއް: ރިޟްވާނަށް އިންސާފު ހޯދައިދެވޭނީ ޔާމީނަށޭ ބުނަން ލަދެއް ނުގަނޭތޯ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ގެއްލުވާލުމަށްފަހު މަރާލާފައިވާ ނޫސްވެރިޔާ ރިލުވާނަށް އިންސާފު ހޯދައިދެވޭނީ ޕީޕީއެމްގެ ރައީސް ޔާމީނަށް ކަމަށްބުނެ އެޕާޓީން ދައްކާ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލު އުފައްދައިފިއެވެ.

Ads by STELCO

ރޮޒައިނާ މިފަދައިން ވިދާޅުވެފައި ވަނީ ރިޟުވާންގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް އިއްޔެ ރައީސުލްޖުމްހޫރިއްޔާއަށް އަރުވައި އެ މައްސަލައާ ގުޅޭ ތަފްސީލް އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެންބަރުން ވިދާޅުވީ ރިޟްވާން, މަރައިލި ގޮތް އެކަމުގައި ބައިވެރިވި މީހަކު އޭރުގެ ރައީސް އަބްދުالله ޔާމީނަށް ކިޔައިދީފައިވާކަމަށެވެ.

އެ ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުالله ވިދާޅުވީ ރިޟްވާން މަރާލުމުގައި ބައިވިރިވި ތ. އޮމަދޫ/ ނަރުގިސްވިލާ، މުހައްމަދު މުނާޒު އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް އަހުމަދު ރިލްވާން އަބްދުالله ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ކޮމިޝަނުން ދެއްކި ވާހަކަ އާއި އެކުލަވައިލި ރިޕޯޓް އެ ޕާޓީން ބަލައި ނުގަންނަ ކަމަށާއި އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާ ކޮށްގެން ކުރައްވާފައިވާ މަސައްކަތެއް ނޫން ކަމަށެވެ.

ޕީޕީއެމް، ޕީއެންސީގެ ވާހަތަކަށް ރައްދު ދެއްވައި ރޮޒޭނާ ވަނީ ރިލުވާން މަރާލލިއިރު ވެރިކަމުގައި ހުންނެވީ ކޮން ބޭފުޅެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އޭރުގެ ވެރިކަމުގެ ދުވަސްވަރުގައި ރިލުވާންގެ އާއިލާއަށް އެކި ގޮތްގޮތުން ފުރައްސާރަ ކުރި ހަނދާން ނުނެތޭ ކަމަށެވެ.

  1. ރަސީ

    އުސްއިމާރާތަކާއި ބުރިޖަކުން އެމުޑުދާރު ފަސްބައި ސާފެއްނުވާނެ

    • އައިސް

      ހުސްނު ސުއޫދު ގާތު އަހާބަލަ

  2. އަބްދޫ

    ރޮޒޭ ދެން ޔާމީނު ނުވަތަ ޕިޕީއެމް ވެރިކަމަށް އަޔަސް ރިޒްވާނުގެ ގާތިލު ވަގުތުން ހައްޔަރު ކުޮށް ތަހުގީގު ފަށާނަން.

  3. އައިސް

    ތަހުގީގުކޮށް ނިމި ނޫސް ބަޔާން ދީފަ އޮތް ކަމެއްގަ މީހުން ބޮލުގަ ދޮގުބަދުނާމް އެޅުވިޔަކަސް މީހުން ތިބީ ހޭލާ އަދި ހުސްނު ސުއޫދު ވެސް އެބަހުރި ލާދީނީ ދައިތަ އިންގެ ބަލާ އިން މި ގައުމު ރައްކާތެރި ކުރައްވާށި

  4. ލަންބާޑާ

    ރޮޒޭނާ ތިވަރަކަށް ރޔާމީނާ ލެޑިގަނެގެން ތި އުޅެނީ މި ގޮތެއްފޮތެއް ނެތް ސަރުކާރުގެ މުޑުދާރު ފައިސާގަނޑު ތި ދެމަފިރީންނަށް ބޭނުންވަރަކަށް ކައްވާލެވޭތީތޯ؟
    ރޔާމީނަކީ ކިތަންމެވަރަކަށްޚުޝާމަދު ކުރިއަސް ބޯކެވޭނެ ބޭފުޅެއްނޫންކަން ޔަގީން ވާތީތޯ؟
    ރޔާމީން ތި ރިލުވާނެއްގެ ޝަރީއަތްވެސް ހިންގަވާފަ އޮތީ، ގައުމަކާހަވާލުވާއިރު ކުރީގެ ހުންނެވި ވެރިއަކު ކުރައްވާފާއޮތް ކަމެއް ނުނިމޭނަމަ ދެންއޮތް ހިސާބަކުން ދެންހަވާލުވާ ވެރިއަކު ކުރަން ޖެހޭކަން ނޭގެނީބާ! ރޮޒޭނާވަރުގެ މުޑުދާރު ގޮތެއްފޮތެއްނެތް މީހުން ރަނގަޅުވާނީ ގައުމުގެ ކަންތައްތަކަށް ނުނިކުމެ ގޭގާ ނުލަފާކަންދައްކަން ތިބިއްޔާ ޑީއާރުޕީގަ ރޮޒޭނާމެން ތިބި އިރުވެސް ހަމަ ފިތުނައިން ފޯވެފަ ޕާޓީއޮންނަނީ،މިހާރު އެމްޑީޕީއަށް އެ އޮތީ ފިތުނައިގެ ދަތުރު ލައިގަނެފާ،
    ދެން އޮތީ ތިކިއާ އުސްއިމާރާތާ ބުރިޖުގެ ވާހަކަ، އެއިހަމަ ތަރައްގީ ގައުމުގެ ކުރިމަގު ގައުމުގެ ިގުތިސޯދު ގައުމުގެ ކުރިއެރުން، އެހެން ނޫންނަމަހީ ދެން ކީއްވެބާ މިހާރު މިއޮތް ނަގާބިލު ނުކުޅެދޭ ސަރުކާރުން ބުރިޖާ އުސް އިމާރާތް އަޅަން މަރުފަލި ޖަހަނީ.؟؟