ޚަބަރު

އެންމެ ގިނަ އިންސްޓަގްރާމް ލައިކާއެކު މެސީއަށް އަނެއްކާވެސް އާ ރިކޯޑެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ނިމިދިޔަ ވޯލްޑްކަޕާއެކު "ގްރޭޓެސްޓް އޮފް އޯލް ޓައިމް" ނުވަތަ ފުޓްބޯޅައިގެ "ގޯޓް" އަކީ ކާކުތޯ ކުރެވެމުން އައި ބަހުސް ނިމި، ތަޅު އެޅުވުނީ ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ. މިއީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ތެރެއިން އެންމެ މޮޅީ ކާކުތޯ ކުރެވެމުން އައި ބަހުސްއެެކެެވެ.

Ads by STELCO

މި ވޯލްޑްކަޕްގައި ރޮނާލްޑޯގެ މައްޗަށް ދަނޑުމަތިން މެސީ ކުރި ހޯދިއިރު، މީސްމީޑިއާގެ މަންސަތަކުގައިވެސް ކުރީގައި އުޅެނީ މެސީ ކަމަށް ބުނެވިދާނެއެެވެ.

ކުޅުންތެރިންގެ ތެރެއިން، އިންސްޓެގްރާމް ޕޯސްޓަކަށް އެންމެ ގިނަ ލައިކު ލިބުނު މީހަކަށް ދާދި ފަހަކާ ޖެހެންދެންވެސް ހުރީ ރޮނާލްޑޯއެވެ. ނަމަވެސް ވޯލްޑްކަޕްގެ ތަށި އުުފުލާލައި، މެސީ އިންސްޓެގްރާމްގައި ހިއްސާ ކުރި ފޮޓޯއާއެކު، ރޮނާލްޑޯގެ ރިކޯޑް މިވަނީ ބިންދައިލައިފައެވެ.

މެސީ ހިއްސާ ކުރި ފޮޓޯއަށް 46 މިލިއަނަށްވުރެ ގިނަ ލައިކް ވަނީ ލިބިފައެވެ.

ވޯލްޑްކަޕަށް ފަހުގައި، އާޖެންޓީނާގެ ޤައުމީ ޓީމުން ރިޓަޔަރ ނުކުރަން މެސީ ނިންމިއިރު، ކުރިއަށް އޮތީ އޭނާގެ ކްލަބް ޕީއެސްޖީއާއެކު ކުޅޭނެ މެޗުތައް ފެށުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!