Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަންހެން ކުއްޖަކު ބޭބެ ބޮލަށް ވަޅި ހަރައިފި

މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ މައުލޫމާތު މިއަދު 12:21 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެ ހަމަނުޖެހުން ހިނގާފައިވަނީ އާއިލީ މައްސަލައެއްގެ ތެރެއިންނެވެ. ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ އަންހެނެކެވެ. އަދި އަނިޔާ ލިބިފައިވަނީ 37 އަހަރުގެ ފިރިހެނަކަށެވެ.

ޒަހަމްވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާ އަށް ލިބިފައި ވަނީ ކޮންކަހަލަ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

Advertisement
Ooredoo — Truecaller (box)

ހަމަލާ ދިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް