Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަފްގާނިސްތާނުގެ އަންހެނުން ކިޔަވަން އީރާނުން އެހީވަނީ

އަފްގާނިސްތާނުގެ އަންހެނުން ކިޔަވަން އީރާނުން އެހީވަނީ

އަފްޣާނިސްތާނުގެ އަންހެނުން މަތީ ތައުލީމް ހޯދަން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާންގެ އިދާރާތަކުން މިހެން ބުނި ސަބަބަކީ އަފްޣާން އަންހެން ކުދިންނާއި އަންހެނުން ޔުނިވާސިޓީ ޑިގްރީ ހެދުން ތާލިބާން ސަރުކާރުން މަނާކުރުމުންނެވެ. ތާލިބާނުން ދެކޭ ގޮތުގައި އަންހެނުން މަތީ ތައުލީމް ހާސިލްކުރުމަކީ އޮންނަ ކަމެއް ނޫނެވެ.

އީރާންގެ ވިމެން އެންޑް ފެމެލީ އެފެއާޒްގެ ނައިބް ރައީސް، އިންސައިހް ޚަޒާ އަލީ ވިދާޅުވި ގޮތުގައި އަފްޣާންގެ އަންހެން ދަރިންނަށް ތައުލީމް ލިބޭނެ ގޮތް ހޯދައި ދިނުމަކީ އީރާނަށް ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށް ވާނެއެވެ.

Advertisement
Ooredoo — Truecaller (box)

އަފްޣާންގައި ތާލިބާން ސަރުކާރުން ހިންގާ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އަމިއްލަ އަދި އާންމު ޔުނިވާސިޓީތަކަށް ފޮނުވި ސިތީއެއްގައި ބުނެފައި ވަނީ ވަކި ގޮތަކަށް އަންގަންދެން އަންހެން ކުދިންނަށާއި އަންހެނުންނަށް .މަތީ ތައުލީމަށް ކިޔަވައިދިނުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި އަންގާފައިވާ ގޮތް ނޫން ގޮތަކަށް ޔުނިވާސިޓީތައް ހިންގުމަކީ އަދަބު ކަނޑައެޅިފައި އޮތް ކަމެއް ކަމަށް ވެސް ސިޓީގައި ބުނެ ވަނީ އަންގާފައެވެ.

ޚަޒާ އަލީ ވިދާޅުވި ގޮތުގައި އަފްޣާން ރެފިއުޖީ އަންހެނުންނަށް ތައުލީމު ދިނުމަށް އީރާން ސަރުކާރުން ނިންމައި އަންގާފައިވާ ކަމަށެވެ. އަދި ތައުލީމީ ދައުރުގައި ދިމާވާ އެހެނިހެން ތަކުލީފުތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް