ޚަބަރު

މިކަން ނިންމާނީ ކާމިޔާބު މޮޅަކުން: ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެންމެ ދުވަހެއްވެސް ވައްޓައި ނުލައި، ރެއާ ދުވާލު ކެމްޕެއިން ކުރައްވާނެ ކަމަށާއި، މިކަން ނިންމާނީ ކާމިޔާބު މޮޅަކުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނުގެ ކެމްޕެއިން ޓީމުގެ މެމްބަރުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ދެރަ ގޮތެއް ވާން ނޭދޭ ކަމަށެވެ.

އަދި އެ ޕާޓީގެ ގިނަ މެންބަރުން އެކުގައި ތިބޭނެ ގޮތެއް ހޯދަން ޖެހޭކަން ފާހަގަކުރައްވައި، އެ ގޮތް ހޯދެން އޮތީ، އަންނަ މަހު ބާއްވާ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބުކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނާ އެކު މަސައްކަތް ނުކުރެވޭނެ އެއްވެސް މެމްބަރަކު އެމްޑީޕީގައި ނުހުންނާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

"އަޅުގަނޑުމެން ނިކުންނާނަން. ގޭގެއަށް ވެސް ދާނަން. މީހުންނާ ވެސް ބައްދަލުކުރާނަން. އިރާދަކުރެއްވިއްޔާ މިކަން ނިންމާނީ ކާމިޔާބު މޮޅަކުން." ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިއީ އެ ޕާޓީގެ ތާރީޚުގައި ބާއްވާ އެންމެ ފޯރިގަދަ އިންތިޚާބަށް ވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!