ޚަބަރު

މަހަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގއ. ދެއްވަދޫއިން މަހަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by MWSC

މަރުވެފައިވަނީ ދެއްވަދޫއަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ މުހައްމަދު ރަޝީދެވެ.

އޭނާ ހޯދަން ފަށާފައިވަނީ ދެއްވަދޫއާއި މޭލެއްހާ ބޭރުގައި ބޮއި އަޅައިގެން އެންދަމަން ފޭބުމަށްފަހު ވީނުވީއެއް ނޭނގުމުން ކަމަށް މައުލޫމާތު ލިބެއެވެ. މުހައްމަދު ރަޝީދު ހޯދުމުގެ މަސައްކަތުގައި ދެއްވަދޫގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ކޯސްޓް ގާޑުންވެސް ވަނީ މުހައްމަދު ރަޝީދު ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.

މުހައްމަދު ރަޝީދުގެ ހަށިގަނޑު ފެނިފައިވަނީ ކޯސްޓް ގާޑުގެ އުޅަނދަކަށް ފެނުނީ އޮޔާ ދަނިކޮށެވެ. އޭނާ ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެނގިފައިވެއެވެ.

މުހައްމަދު ރަޝީދުގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!