ފިޔޯރީ ސްކޫލުގައި އަލިފާން ރޯވެ އަނދަނީ

ގދ. ފިޔޯރީ ސްކޫލުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ އެ ސްކޫލު ހޯލުގައެވެ.
މީސްމީޑިއާގައި އާންމުވަމުންދާ ވޯޑިއޯއިން ފެންނަ ގޮތުގައި އެ ހޯލުގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފައެވެ.
<img class="alignnone wp-image-172824 size-full" src="https://cdn.dhen.mv/wp-content/uploads/2023/01/9D12CAE4-59E2-481C-907D-8B432D2A2DF3.jpeg" alt="" width="1112" height="579" />
އެމްއެންޑީއެފުން ވިދާޅުވީ ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން އެ ރަށަށް ދިޔުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އަދި އެ ރަށަށް ދިޔުމަށް ގާތްގަޑަކަށް 45 މިނެޓު ވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.






ކޮމެންޓް