Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަހުމޫދު މަރާލި ކަމަށް ސާލިމް އިންކާރުކޮށްފި

މަހުމޫދު މަރާލި ކަމަށް ސާލިމް އިންކާރުކޮށްފި

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރު މަރާލި ކަމަށް އިއުތިރާފްވުމަށްފަހު އެ ކުށަށް މި މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާހް އާލަމް މިއާ (ސާލިމް) މިއަދު އިންކާރުކޮށްފިއެވެ.

މަހުމޫދް މަރައިލި މައްސަލައިގައި ސާލިމްގެ މައްޗަށް އުފުލައިފައި ވަނީ، ޤަޞްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ހައިކޯޓުގައި ވާހަކަ ދައްކަމުން ސާލިމް ބުނީ އޭނާ އިއުތިރާފުވީ، އިއުތިރާފުވުމުން ޑީޕޯޓްކޮށްދޭނެ ކަމަށް ތަރުޖަމާން ބުނުމުން ކަމަށެވެ. އަދި އެކަން އޭނާ ނުކުރާ ކަމަށް ޝަރީއަތުގައި އޭނާ ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ސާލިމް މެރުމަށެވެ.

މަހުމޫދު މަރައިލައިފައި އޮއްވާ ފެނުނީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭނާގެ އާއިލާއިން މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހައިލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެންވަޅެއްގެ ތެރެއަށް ފައްތައިފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައި އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް މަހައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް