Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަސްލު ނޫން ދިވެހި ވިސާ ޖަހައިދިން ބިދޭސީންތަކެއް ހައްޔަރު ކޮށްފި

އަސްލު ނޫން ދިވެހި ވިސާ ޖަހައިދިން ބިދޭސީންތަކެއް ހައްޔަރު ކޮށްފި

ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އަސްލު ނޫން ތަތްގަނޑު ޖަހައިދިނުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ބަންގުލަދޭޝްއިން ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް، ބަންގުލަދޭޝްގެ ބައެއް ނޫސްތަކުން ބުނެފައިވަނީ، އެ މައްސަލައިގައި ޑާކާ މެޓްރޯޕޮލިޓަން ޕޮލިސް، ސައިބާ އެންޑު ސްޕެޝަލް ކްރައިމް ޔުނިޓުން ހައްޔަރުކޮށްފައި ވަނީ އެ ޤައުމުގެ ހަ މީހުން ކަމަށެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝްގައި ހުންނަ އެމެރިކާ އެމްބަސީން ކުރި ރިޕޯޓަކާ ގުޅިގެން ކަމަށާއި، އެމީހުން ހައްޔަރުކޮށްފައި ވަނީ އޮޅުވާލައިގެން އެމެރިކާ ވިސާ ހޯދުމުގެ މަސައްކަތް ކުރި ކަމުގެ ކުށުގައި ކަމަށްވެސް ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

އެ ޤައުމުގެ މީޑިޔާތަކުން ރިޕޯޓު ކުރާ ގޮތުގައި ހައްޔަރު ކުރި ހަ މީހުންގެ އަތުން އަސްލު ނޫން ޕާސްޕޯޓުތަކާއި އެމީހުން އަމިއްލައަށް ހަދާފައިވާ އެހެން ޤައުމުތަކުގެ ރަސްމީ ސްޓޭމްޕުތައް ވެސް ފެނުނުއިރު، ވިސާއަށް ހުށަހަޅައިދިނުުމުގެ މަސައްކަތް ކޮށްދެމުންދިޔަ އެމީހުންގެ އޭޖެންސީތަކުން ބައެއް ޤައުމުތަކުގެ އަސްލު ނޫން ސީލްތައް ޖަހަފައިވާ ޕާސްޕޯޓުތައް ވިސާއަށް އެދި ހުށަހަޅައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް