23-01-23: ފެމިލީ ކޯޓުގައި މިއަދު 18 ކައިވެނި

ފެމިލީ ކޯޓުގައި މިއަދު 18 ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ވިދާޅުވެއްޖެއެވެ.
ފެމިލީ ކޯޓުން މިއަދުގެ ކައިވެނިތަކުގެ މައުލޫމާތު އާންމުކޮށްފައިވާއިރު އެ ކޯޓުން ބުނީ މިއަދު 18 ކައިވެނި ކޮށްދޭނެ ކަމަށެވެ. މިހާރު ދުވާލެއްގެ މައްޗަށް ކައިވެނިކުރާ އެވަރެޖް އަދަދަކީ ނުވަ ކައިވެންޏާ 10ކައިވެންޏާ ދެމެދު ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ރާއްޖޭގައި އާއްމުގޮތެއްގައި ރީތި ތާރީހުތަކުގައި ވަރަށް ގިނަ މީހުން ކައިވެނިކުރެއެވެ.
އެގޮތުން މިއަދުގެ ތާރީހުކަމަށްވާ 23-01-23 އަކީ ވެސް ރީތި ތާރީޚެކެވެ.