ޚަބަރު

ރައީސް ނަޝީދުގެ ވައުދެއް: ފުވައްމުލަކުގައި ރިސޯޓެއް ހަދައިދޭނަން

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުވައްމުލަކު ސިޓީގައި ރިސޯޓެއް ހަދައިދޭން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވައުދުވެވަޑައިގެންފިއެވެ.

ޕްރައިމަރީގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓުން މޫދާ ވީ ސަރަހައްދު ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އެތަނުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް އެމްޑީޕީން ހުށަހެޅި ކަމަށެވެ.

ނަމަވެސް މި ފަސް އަހަރު ނިމިގެން މިދަނީ އެކަން ނުކުރެވި ކަމަށާއި އަންނަ ނޮވެންބަރު މަހު އެތަނުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ނޮވެމްބަރުމަހުގާ އެތަނުގާ ރިސޯޓެއް ހެދުމުގެ މަސައްކަތް ފެށޭނެ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންގެ ފުދުންތެރިކަމާއި ރަށުގެ ތަނަވަސްކަމަށް އަބަދުވެސް އިސްކަންދޭ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އަމާޒަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކޮށްދިނުން ކަމަށާއި އެގޮތައް ކަންތައްތައް ނުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

  1. ހިނގާދަމާ

    ހިފާ މަމެން އަތުގައި ނަގާށެ ބުންވަރު މަމެން ދޫނުދޭނަމޭ އަންނި ހޮވާފައި ނޫނީ މަމެން ޖީބަށް ފައިސާ ވަންނާނެ ގޮތް ހަދާ ދިނުމަށް ޓަކައި މާލެ ސަރަހައްދުން ގޯތި ދޭނީ އަންނިއޭ އަންނި އެއީ އެއްވަނައޭ ހިނގާ ރުވާކުރަން ފެންދީ އާރޯ ކުރަން އަންނި ޔާންޓޭގެ ގުޅުން އެއީ އެއްގޮތް ސިޔާސަތު ތަކެއް އެއްކޮށްލުމޭ ހިނގާ ދަމާ ބާރަށް ހިނގާދަމާ ކުރިއަށް ހިނގާ ދަމާ ހިނގާ ދަމާ ހިނގާ ދަމާ ހިނގާ ދަމާ ހިނގާ ދަމާ ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….