ޚަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ރާއްޖޭގެ ހުރިހައި ރަށެއްގައި ވޯޓުފޮށި ބަހައްޓާނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ވޯޓުފޮށިތައް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައިވެސް ބަހައްޓާނެކަމަށް އެޕާޓީން ބުނެފިއެވެ.

Ads by STELCO

އެމްޑީޕީ ރިޔާސީ ޕްރައިމަރީއާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް އެޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާރސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވީ ކ.ގުރައިދޫ ފިޔަވައި ހުރިހައި ރަށެއްގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ސުކޫލުގައި ކަމަށެވެ.

"މާލެއާއި ކުޅުދުއްފުށީ ސިޓީއާއި ފުވައްމުލައް ސިޓީ އައްޑޫ ސިޓީގެ ހިތަދޫ އަދި ތިނަދޫ މިތަންތަނުގައި ހުންނާނެ އެރަށެއްގެ ނުނީ އެސިޓީއެއްގައި ހިމެނޭ ކޮންމެ ދާއިރާއަކަށް ވޯޓު ފޮއްޓެއް. އެނޫން ހުރިހާ ރަށެއްގައި ކޮންމެ ރަށެއްގައި ބަހައްޓާނީ ކޮންމެ ރަށެއްގައި ވޯޓްފޮއްޓެއް. ދެން އަޅުގަނޑުމެން ވޯޓުފޮށި މިބަހައްޓަނީ މާލެ އަތޮޅު ގުރައިދޫ ފިޔަވައި ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ސުކޫލުގައި." ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ގުރައިދޫގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުގައިކަމަށެވެ. އަދި މިހާރު ހުރިހާ ވޯޓު ފޮއްޓެހެންވެސް އެފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށަށް މިހާރު ފޮނުވާ ނިމިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަހީދު ވިދާޅުވީ ޕްރައިމަރީގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ވޯޓު ކަރުދާސްތައް ވެސް ސެކިއުރިޓީ ފީޗާރސްތަކާއެކު މިހާރު ޕްރިންޓްކޮށް ނިމިފައިވާކަމަށެވެ.

މިގޮތުން އެރަށެއްގެ ވޯޓުލުމުގެ ޝަރުތުހަމަވާ މެމްބަރުންގެ އަދަދަށް ވޯޓު ކަރުދާސް ޗާޕުކޮށް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ މަސައްކަތްތައްވެސް އޮޅުންފިލުވައިދީ ނިންމާފައިވާކަމަށާއި އެކަންކަން ހަމަޖެހިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!