Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނައިބު ރައީސްއަށް އަމާޒުކޮށް އެއްލި ފެންކޮތަޅެއް، މާބަނޑު މީހެއް ގަޔަށް

ނައިބު ރައީސްއަށް އަމާޒުކޮށް އެއްލި ފެންކޮތަޅެއް، މާބަނޑު މީހެއް ގަޔަށް

ޞިއްޙީ ޚިދުމަތް ރައްޔިތުންނާއި ގާތުން ފޯރުކޮށް ދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، ހުޅުމާލެ ހޮސްޕިޓަލުން، ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ހުޅުވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ހަފްލާއަށް އަމާޒުކޮށް ހިޔާފުލެޓް H15 ގެ މަތިން އެއްލި ފެން ކޮތަޅެއް، މާބަނޑު މީހަކަށް އަމާޒުވެއްޖެއެވެ.

ފެން ކޮތަޅުން ޖެހި އަނިޔާވެފައިވަނީ އެޗްޑީސީގެ މުއައްޒަފެއްގެ ގައިގައި ކަމަށާއި އެއީ މާބަނޑު މުއައްޒަފެއްކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. ފެންކޮތަޅުން ޖެހުނު މާބަނޑު މީހާގެ ފޮޓޯވެސް ޝޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިޢަމަލު ކުށްވެރިކޮށް އެޗްޑީސީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިޔާސީ ބޭނުމަށް މަދުބަޔަކު އިސްނަގައިގެން ރާވާ ހިންގާ މުޖުތަމައުގެ މިންގަނޑުތަކާއި ޚިލާފު މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުން ގެންދާކަމީ އެކުންފުނިން ނިހާޔަތަށް ކަންބޮޑުވާކަމެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޞިއްޙީ ޚިދުމަތް ރައްޔިތުންނާއި ގާތުން ފޯރުކޮށް ދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، ހުޅުމާލެ ހޮސްޕިޓަލުން، ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ ފައިޞަލް ނަސީމް ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފައިވާއިރު މިކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2ގެ ހިޔާ ސަރަޙައްދުގައެވެ.

ކްލިނިކް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކްލިނިކްގެ ޔުނިޓްތައް ބައްލަވާލައްވައި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އޮޅުންފިލުއްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް